އެޗްޕީއޭއަށް ޕީއާރު އޮފިޝަރަކު ހޯދަނީ

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އަށް ޕަބްލިކް ރިލޭޝަން އޮފިސަރަކު ހޯދަން އިއުލާނުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މިއަދުކޮށްފައިވާ އިއުލާނުގައި ވާގޮތުން މިއީ މި މަގާމަށް މީހަކު ހޯދަން އިއުލާނުކ...

11 Jan 2022 | 07:01

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އަށް ޕަބްލިކް ރިލޭޝަން އޮފިސަރަކު ހޯދަން އިއުލާނުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދުކޮށްފައިވާ އިއުލާނުގައި ވާގޮތުން މިއީ މި މަގާމަށް މީހަކު ހޯދަން އިއުލާނުކުރާ ދެވަނަ ފަހަރެވެ.

މި އިއުލާނުގައިވާގޮތުން ދާއިމީ ޕީއާރު އޮފިޝަރަކު ހޯދަނީ ހެލްތު ޕްރޮމޯޝަން އެންޑް ކްރޯނިކް ޑިޒީޒް ޑިވިޝަނަށެވެ. ހެލްތު ޕްރޮމޯޝަން އެންޑް މީޑިއާ ކޯޑިނޭޝަން ސެކްޝަނަށެވެ.

މި މަގާމުގެ މުސާރައިގެ ގޮތުގައި ބުުނެފައިވަނީ 5610 ރުފިޔާއެވެ. ސާވިސް އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ލިބޭނެކަމަށް ބުނެފައިވެއެވެ.

ނޫސްވެރިކަމާއި މާކެޓިންގެ އިތުރުން ޕީއާރު ދާއިރާއިން ތައުލީމާއި ތަޖުރިބާ ޝަރުތުގެ ގޮތުގައި ހިމަނާފައިވެއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ/ޕީއާރު ކަންތަކަށް ދާދިފަހުން މުވައްޒަފަކު ނަގާފައިވެސް ވެ އެވެ. އެ މަސްއޫލިއްޔަތު ހިމެނޭހެން މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ނަގާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓް އާމިނަތު ޝަތުފާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް