ސްކޫލު ބަންދަކަށްފަހު އަންނަ ހަފްތާގައި ސްކޫލުތަކުގެ ކިޔެވުން ފެށޭނެ ކަމުގައި ބެލެވޭއިރު އެ ތާރީހުގައި ފެށޭނެތޯ ނުފެށޭނެތޯ މި ސުވާލަށް ސީދާ ޖަވާބެއް އަދި ދެވެން ނޯންނާނެ ކަމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދައުރު ނޫހުގެ ނޫސްވެރިޔާ މުއައްޒިން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މި ސުވާލުގެ ޖަވާބުގައި ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި ދެ ދުވަހުގެ ކޭސް ލޯޑަށް ބަލާއިރުވެސް ބޮޑެތި ބަދަލުތަކެއް ފާހަގަކުރެވިފައިވާނެ ކަމަށެވެ. އެހެންކަމުން ގޮތެއް ނިންމަން އަދި ނޭނގިދާނެ ކަމަށެވެ.
"ކުރިއަށް އޮތް ދެތިން ދުވަހުގެ ހާލަތަށް ބެލުމަށްފަހު މިނިސްޓްރީއާ ވާހަކަވެސް ދެއްކުމަށްފަހު ގޮތެއް ނިންމާނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިހާރު ނިންމާފައި އޮތީ ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށުމަށެވެ. ނަމަވެސް ރަށުން ބޭރަށް ދިޔަ ދަރިވަރުން ސްކޫލަށް ކިޔަވަން ދާނީ ނެގަޓިވް ރިޒަލްޓާއެކުގައި ކަމަށްވެސް މިހާރު ނިންމާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް