މުޒާހަރާތަކުގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރާކަމުގެ އަޑު އަނެއްކާވެސް ގަދަވެފައިވާ މި ދަނޑިވަޅުގައި އިދިކޮޅު އަސުރުމާ ޕޭޖުން ދިވެހި ފުލުހުންނަށް އިންޒާރެއް ދީފިއެވެ.
އެ އިންޒާރުގައި ބުނެފައިވަނީ އަނިޔާކޮށްފިނަމަ ނޯޓުކުރާނެ ކަމަށެވެ.
"ކޮމާންޑޭ، މަތިން އެންގިގޮތޭ ބުނެ މިފަހަރު ސަލާމަތެއް ނުވާނެ! އަނިޔާކޮށްފިނަމަ އެ ފުލުހަކަށް އަދަބުލިބޭނެ" އިންޑިއާ އައުޓް ހޭޝްޓެގާއެކު އަސުރުމަލުން ބުނެފައިވެއެވެ
މި ފަހަކަށް އައިސް އިންޑިއާ އައުޓް މޫވްމަންޓާއެކު އިދިކޮޅު މުޒާހަރާތައް ވަނީ ވަރުގަދަކޮށްފައެވެ. ވަރުގަދަ ކުރުމާއެކު މުޒާހަރާތަކުން ހައްޔަރުކުރާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވެފައެވެ. ހަމަ އެއާއެކު މުޒާހަރާތަކުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރާކަމުގެ އަޑުވެސް މިވަނީ ގަދަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް