"ނޯ އެންޓްރީ 2"ގައި ސަލްމާން ޚާނާއެކު 10 އަންހެނުން ހަރަކާތްތެރިވާނެ!

ބޮލީވުޑުގެ ފިލްމު "ނޯ އެންޓްރީ 2" ގައި ސަލްމާން ޚާނާއެކު ދިހަ ބަތަލާއިން ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަނީސް ބަޒްމީ ޑައިރެކްޓް ކުރާ މި ފިލްމުގައި ހަރަކާތްތެރިވާނީ ކޮން އަންހެން ތަރިނ...

11 Jan 2022 | 03:13

ބޮލީވުޑުގެ ފިލްމު "ނޯ އެންޓްރީ 2" ގައި ސަލްމާން ޚާނާއެކު ދިހަ ބަތަލާއިން ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަނީސް ބަޒްމީ ޑައިރެކްޓް ކުރާ މި ފިލްމުގައި ހަރަކާތްތެރިވާނީ ކޮން އަންހެން ތަރިންނެއްކަން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު ޑެއިޒީ ޝާހް މި ފިލްމުގައި ނުހިމެނޭނެކަން ފިލްމު އުފައްދާ ފަރާތްތަކުން މިހާރުވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ފިލްމުގައި ބަތަލުންގެ ގޮތުގައި ސަލްމާން ޚާންގެ އިތުރުން ފެނިގެންދާނީ ކުރިން ބެލުންތެރިންގެ މެދުގައި މަގުބޫލު މޫނުތައް ކަމަށްވާ އަނިލް ކަޕޫރު އަދި ފަރްދީން ޚާން އެވެ. އިތުރު ފިރިހެން ތަރިން ހިމެނޭކަން އަދި ހާމައެއް ނުކުރެ އެވެ.

ފިލްމުގެ ޝޫޓިންގ ފަށާނެ ދުވަހެއް ވެސް އަދިހާމަކޮށްފައި ނުވާއިރު، ބެލެވޭ ގޮތުގައި "ނޯ އެންޓްރީ 2" ގެ ޝޫޓިންގ ފަށާނީ ސަލްމާން ޚާން މިހާރުކުޅެމުން އަންނަ "ޓައިގަރ 3" ގެ ޝޫޓިންގ އާއި ކުރިއަށް އޮތް ފިލްމު "ކަބީ އީދު ކައްބީ ދިވާލީ" ގެ ޝޫޓިންގ ނިމުމުންނެވެ.

މީގެ އިތުރުން ސަލްމާން ޚާން ވަނީ "ބަޖްރަންގީ ބައިޖާން 2" ވެސް އިއުލާންކޮށްފަ އެވެ. އޭގެ ސްކްރިޕްޓްގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް