އުމުރުން ހަތަރު އަހަރުގެ ކުއްޖަކާއި ހަތް އަހަރުގެ ކުއްޖަކު އެންގޭޖް ކުރުވިކަމަށްބުނާ މައްސަލައެއް މިސްރުގައި ބަލަން ފަށައިފި

މިސްރުގައި އުމުރުން އެއްމެ ހަތަރުގެ އަންހެން ކުއްޖަކާއި ހަތް އަހަރުގެ ފިރިހެން ކުއްޖަކު އެންގޭޖްކުރުވި ހަފްލާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނިކޮށް އެ މައްސަލަ މިސްރުގެ ކަމާބެހޭ އ...

11 Jan 2017 | 02:30

މިސްރުގައި އުމުރުން އެއްމެ ހަތަރުގެ އަންހެން ކުއްޖަކާއި ހަތް އަހަރުގެ ފިރިހެން ކުއްޖަކު އެންގޭޖްކުރުވި ހަފްލާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައިވަނިކޮށް އެ މައްސަލަ މިސްރުގެ ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

މި މައްސަލައިގާ އެ އަންހެން ކުއްޖާގެ ބައްޕަ ކަމާބެހޭ އިދާރާތަކަށް ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށް މިސްރުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެ އެވެ.

މި ފޮޓޯތައް ޝޯޝަލް މީޑިއާގައި ދައުރުކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި މި ފޮޓޯތަކަކީ މިސްރުގެ އަލް-ގަލްޔޫބިއާ ޕްރޮވިންސްގައި ނަގާފައިވާ ފޮޓޯތަކެކެވެ. ފޮޓޯއިން ފެންނަ އަންހެން ކުއްޖާގެ ނަމަކީ ފަރީދާ އެވެ. އަދި އެ ކުއްޖާ އެންގޭޖް ކުރުވަނީ އެ ކުއްޖާގެ ތިމާގެ ކުއްޖަކާކަމުގައިވެސް މި ފޮޓޯތައް ޝެއަރކުރި ފަރާތްތަކުން ބުނެ އެވެ.

މިސްރުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި އެންގޭޖްމަންޓްގެ ކަންކަން ކުރިއަށް ގެންދިޔަ ކަމަށް އެ އަންހެންކުއްޖާގެ ބައްޕަ ދެކޮޅު ހަދާ ކަމަށާއި ނަމަވެސް ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް