ކުޑަކުދިންތަކެއް ލައްވައި ކަރު ބުރިކޮށްގެންނާއި ބަޑިން ހަމަލާ ދީގެން ތިން މީހަކު މަރާލާ ވީޑިއޯއެއް އައިއެސްއިން އާއްމުކޮށްފި އެވެ.
އައިއެސްއިން އިއްޔެ އާއްމުކުރި ވީޑިއޯއަކީ ސީރިޔާގައި ނަގާފައިޥާ ވީޑިއޯއެއްކަމުގައި ބެލެވޭއިރު މި ވީޑިއޯގައި ތިން މީހުން މަރާފައިވަނީ އުމުރުން 10 އަހަރުން ދަށުގެ ތިން ކުޑަކުދިންގެ ތިން ހަމަލާއަކުންނެވެ.
މަރާލާފައިވާ ތިން މީހުންނަކީ އައިއެސްގެ ގައިދީންގެ ގޮތުގައި ބެލެވޭއިރު އެތަނުން އެކަކީ ކުރުދީންގެ ގްރޫޕް، ޕީކޭކޭއަށް ނިސްބަތްވާ މީހެއް ކަމަށް ބެލެވެއެވެ.
މި ވީޑިއޯއިން ފެންނަގޮތުގައި އެ ކުއްޖަކު އޭގެން މީހެއްގެ ގާތަށްގޮސް ތޫނު ވަޅިއަކުން އެކެއްގެ ކަރު ބުރިކޮށްލަ އެވެ. އަނެއް ކުއްޖަކު ދެލޯ މަރާ ތަގުޅިކޮށްގެން ހުރެ އަނެކެއްގެ ގަޔަށް ބަޑިޖަހައި މަރާލަ އެވެ.
އައިއެސްއިން މިފަދަ ޕްރޮޕެގަނޑާ ވީޑިއޯ ހެދުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. މިއީ އައިއެސްއިން މި އަހަރު އާއްމުކުރި މިފަދަ ފުރަތަމަ ވީޑިއޯ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް