ކަންދަހާރުގެ ގަވަރުނަރަށް ދިން ބޮމުގެ ހަމަލާއަކުން އެމަނިކުފާނާއި އެމިރޭޓްސްގެ އެމްބެސެޑަރު ސަލާމަތްވެވަޑައިގެންފި

އަފްގާނިސްތާނުގެ ސިޓީއެއް ކަމުގައިވާ ކަންދަހާރުގެ ގަވަރުނަރު ހަމަޔުން އަޒީޒީ އަށް އަމާޒުކޮށްދިން ހަމަލާއެއްގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެވަގުތު އިންނެވި، އެކުވެރި އަރަބި އިމާރާތުން އ...

11 Jan 2017 | 01:33

އަފްގާނިސްތާނުގެ ސިޓީއެއް ކަމުގައިވާ ކަންދަހާރުގެ ގަވަރުނަރު ހަމަޔުން އަޒީޒީ އަށް އަމާޒުކޮށްދިން ހަމަލާއެއްގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި އެވަގުތު އިންނެވި، އެކުވެރި އަރަބި އިމާރާތުން އަފްގާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޖުމާ މުހައްމަދު އަބްދުﷲ އަލް ކާބި ސަލާމަތްވެވަޑައިގެންފި އެވެ.

މި ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައި ގަވަރުނަރު ދެއްވި ފަރީއްކޮޅެއްގައި އެމިރޭޓްސްގެ އެމްބެސެޑަރު ބައިވެރިވެވަޑައިގަންނަވަމުން ދަނިކޮށް ކަންދަހާރުގެ ގެސްޓް ހައުސް އަކަށް އަމާޒުކޮށެވެ. މި ހަމަލާއިން މި ދެބޭފުޅުން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް މި ހަމާލާގައި ނުވަ މީހަކު ވަނީ މަރުވެފައެވެ. އަދި މި ހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ޖުމާ އަދި އަޒީޒީއަށްވެސް އެކިވަރުގެ އަނިޔާތައް ވެފައިވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސްފަރާތަކުން އުފުލާފައެއް ނުވެ އެވެ. މި ހަމަލާއާއި ގުޅިގެން އެކުވެރި އަރަބި އިމާރާތުން ބުނެފައިވަނީ މިކަން ދާދިގާތުން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް