ބަކާ ކޭބީޒެޑް އެފްސީއަށް ކުޅެދިން ފުރަތަމަ މެޗު އެއްވަރުވެއްޖެ

ރާއްޖޭގެ ގައުމީޓީމުގެ ޑިފެންޑިން މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ) ގެ އާ ކުލަބް ކޭބީޒެޑް އެފްސީއަށް ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ. މިޔަންމާ ނޭޝަނަލް ލީގުގައި މަނާއޫ އެފްސީގެ ދަނޑުގައި އެޓ...

11 Jan 2015 | 16:22

ރާއްޖޭގެ ގައުމީޓީމުގެ ޑިފެންޑިން މިޑްފީލްޑަރ މުޙައްމަދު އާރިފް (ބަކާ) ގެ އާ ކުލަބް ކޭބީޒެޑް އެފްސީއަށް ކުޅުނު ފުރަތަމަ މެޗު އެއްވަރުވެއްޖެއެވެ.

މިޔަންމާ ނޭޝަނަލް ލީގުގައި މަނާއޫ އެފްސީގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ކޭބީޒެޑް ކުޅުނު މެޗުން އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލީޑު ނަގާފައިވަނީ މަނާއޫ އެފްސީންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި އަންބާއޫގެ ގޯލާއެކު އެޓީމުން ލީޑު ނެގިނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ކޭބީޒެޑް އެފްސީންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނެލްޓީ ކާމިޔާބުކޮށްދިނީ މަޔާއެވެ.

2014 ވަނަ އަހަރުގެ ސީޒަންގައި މިޔަންމާ ލީގުން ތިންވަނަ ހޯދި ކޭބީޒެޑުންވަނީ މެޗުގައި މޮޅު ކުޅުުމެއްދައްކާފައެވެ. ހަމައެހެންމެ ގައުމީޓީމުގެ މިޑްފީލްޑަރ ބަކާގެ ފަރާތުންވެސް މެޗުގައިވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް