ރާއްޖެ ހިމެނޭގޮތަށް ފަސް ގައުމެއްގައި އެގައުމުގެ އެމްބަސީ އަދި ދެގައުމެއްގައި ކޮންސިއުލޭޓް އޮފީސް ގާއިމް ކުރުމަށް ޖަޕާނުން ނިންމައިފި އެވެ.
ދަ ޖަޕާން ޓައިމްސްގައި ޖަޕާނުގެ ހާރިޖީ ވަޒީރު ފުމިއޯ ކިޝީދާއާ ހަވާލާދީ ބުނެފައިވަނީ މި ހިނގާ 2015 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނި، އެގައުމުގެ ފިނޭންސްމިނިސްޓްރީން ހުއްދަ ލިބިފައިވަނީ ރާއްޖެއާއި ސޮލޮމޮން އައިލެންޑްސް އާއި ބާބަޑޮސް އާއި ތަޒިކިސްތާނުގެ އިތުރުން ތުރުކަމަނިސްތާނާއި މޯލްޑޯވާގައި އެމްބަސީ ހުޅުވުމަށެވެ.
އަލަށް ހުޅުވޭ ކޮންސިއުލޭޓް އޮފީސްތައް ހުޅުވަނީ މެކްސިކޯގެ މެދުތެރޭ ސިޓީއެއް ކަމުގައިވާ ލިއޯން ގައްޔާއި ޖަރުމަނީގެ ހެމްބާގުގައި ކަމަށްވެސް ޖަޕާނުގެ ހާރިޖީ ވަޒީރު ފުމިއޯ ކަޝީދާ ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި އެމްބަސީއެއް ގާއިމް ކުރުމަށް ޖަޕާނުން ނިންމާފައިވާއިރު ރައީސް ޔާމީން ވަނީ އެކަމަށް ޖަޕާނާއެކު ކުރިން މަޝްވަރާ ކުރައްވާފައެވެ.
އޭޕްރިލް މަހުގެ ތެރޭގައި ރައީސް ޔާމީން ޖަޕާނަށް ކުރައްވި ރަސްމީ ދަތުރުފުޅުގައި މިކަމާމެދު މަޝްވަރާކޮށްފައިވަނީ އެގައުމުގެ މިނިސްޓަ ފޯ އިންޓާނަލް އެފެއާޒް އެންޑް ކޮމިއުނިކޭޝަންސް، ޔޮޝިޓާކާ ޝިންޑޯއާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް