ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ ނައިޓް މާކެޓުން މޭޒު ގަތުމަށް މިއަދު ހުޅުވާލި ފުރުސަތުގައި މިހާތަނަށް 400 އާއި ގާތްކުރާ އަދަދަކަށް ފޯމް ގެންގޮސްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
ވިޔަފާޜިވެރިންގެ ޖަމިއްޔާގެ ނާއިބް ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ފޯމް ދޫކުރަން ފެށީ މިއަދު ހެނދުނު އަށެއް ޖެހި އިރު ކަމަށާއި، ފޯމް ދޫކުރާ ގަޑި ޖެހުނު އިރުވެސް ގިނަ އަދެދްއްގެ ބަޔަކު ކިޔުގައި ޖެހިގެން ތިބި ކަމަށެވެ. އާސިފް ވިދާޅުވީ މިއަދު 400 އާއި ގާތް ކުރާ އަދަދަކަށް ފޯމް ނަގާފައިވާއިރު ނައިޓް މާކެޓްގައި ހުންނާނީ 400-450 އާއި ދެމެދުގެ އަދަދަކަށް މޭޒުކަމަށެވެ.
އެ ޖަމިއްޔާއިން ނިންމާފައިވަނީ ކޮންމެ ފޯމަކަށް ތިން މޭޒު ދޫކުރުމަށެވެ. އަދި ފޯމް ބަލައިގަތުމުގައި ފުރަތަމަ އަންނަ ފަރާތަކަށް މާކެޓް ބާއްވާ ސަރަހައްދުގެ ބޭނުން ހިސާބަކުން މޭޒު ނެގެ އެވެ.
މިފަހަރުގެ މާކެޓްގައި މޭޒެއް ވިއްކަނީ 3900 އަށެވެ. ނަމަވެސް މާކެޓް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށާއި މަސައްކަތް ކުރަމުންދަނީ ރޯދައިގެ ކުރިން މާކެޓް ބޭއްވުމަށް ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެއެވެ.
މިދިޔަ ދެ އަހަރު ނައިޓް މާކެޓް ބާއްވާފައިވަނީ މާލޭ ސިޓީ ކައުންސިލުން އެކަން ކުރުމަށް ހުއްދަދީގެން ގޯމީޑިއާއިން ނެވެ. ނަމަވެސް މިދިޔަ އަހަރު އިކޮނޮމިކް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލުން ކުރަމުން އައި އެ މަސައްކަތް އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށް ރާއްޖޭގައި ބާއްވާ ހުރިހާ ވިޔަފާރީގެ ފެއާތަކެއް ބޭއްވުމުގެ ހުއްދަ ވިިޔަފާރިވެރިންގެ ޖަމިއްޔާއަށް ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް