ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އަމިއްލަ ދަތުރުފުޅުތަކުގެ ނަމުގައާއި ރަސްމީ ދަތުރުފުޅުތަކުގެ ނަމުގަ ސިންގަޕޫރަށް ކުރައްވާފއިވާ ދަތުރު ތަކުގެ މައުލޫމާތު ހޯދުމަށް އިދިކޮޅު އެމްޑީޕީން، ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ސޮއި ކުރައްވާ މިއަދު ފޮނުވި އެ ސިޓީގައި ބުނެފައިވަނީ، ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގެންފައިވާ އަދަދާއި، މިފަދަ ދަތުރުފުޅުތަކުގައި ސިންގަޕޫރުގައި ހޭދަވި ދުވަސްތަކާއި، މި ދަތުރުފުޅު ތަކުގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އަދަދާއި، ދަތުރު ތަކަށް ދައުލަތުން ހޭދަވި އަދަދާއި، ރައީސްގެ ސިއްހީ ހާލުކޮޅާ ގުޅޭ ތަފްސީލް އެމްޑީޕީއަށް ފޮނުވައިދިނުން އެދޭ ކަމަށެވެ.
އަދި މިކަންކަން ރައްޔިތުންނަށް ތަފްސީލުކޮށް އެނގޭނެހެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރުމށް އެމްޑީޕީން އިހުލާސްތެރިކަމާއެކު އެދޭ ކަމަށްވެސް އެ ސިޓީގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް