ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކަން ފަށައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފި އެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓާ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމަށް ބ...

11 Jan 2015 | 08:01

ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓާ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމަށް ބޭނުންވާ ކޮންނަ ބޯޓު އިއްޔެ އައުމަައިއެކު 240 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށާއި  މަސައްކަތް ހަވީރަށް ފަށަން ނިންމާފައި އޮތް ނަމަވެސް ފެށުނީ ރޭ ގާތްގަނޑަކަށް 10:30 ހާއިރު ކަމަށެވެ. ރޭ ހިއްކަން ފަށާފައިވަނީ  ކްލަބް ފަރުގެ އިރުމަތީ ފަރާތެވެ.

މައުލޫމާތު ލިބޭޣޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން ރާއްޖެ އިއްޔެ ގެނެސްފައިވާ އެ "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ ކޮންނަ ބޯޓަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ކޮންނަ ބޯޓުގެ ތެރެއިން އެކައްޗެވެ. އެ ކޮންނަ ބޯޓުން އެއްފަހަރާ 40،000 އަށް ވުރެ ގިނަ ކިއުބިކް ޓަނުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ކްލަބްފަރާއި ދިމާލުން 240 ހެކްޓަރުގެ ބިން ހިއްކާ އިރު އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއްކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް