މުދައްރިސުން ހަމަނުވާތީ ފީވަކު ސްކޫލް ހުޅުވިއަ ނުދީ ތަޅު އަޅުވައިފި

ށ. ފީވަކު ސްކޫލަށް ބޭނުންވާ ޓީޗަރުން ދިރާސީ އާހައަރު ފެށުނު އިރުވެސް ހަމަނުވާތީ،  އެ ސްކޫލްގެ ބެލެނިވެރިން ސްކޫލްގައި ތަޅު އަޅުވައިފި އެވެ. ދުވަހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ، މިއަދު ދަރިވަރ...

11 Jan 2015 | 07:47

ށ. ފީވަކު ސްކޫލަށް ބޭނުންވާ ޓީޗަރުން ދިރާސީ އާހައަރު ފެށުނު އިރުވެސް ހަމަނުވާތީ،  އެ ސްކޫލްގެ ބެލެނިވެރިން ސްކޫލްގައި ތަޅު އަޅުވައިފި އެވެ.

ދުވަހަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނީ، މިއަދު ދަރިވަރުން ގޮވައިގެން ސްކޫލަށް ދިޔައިރު  ޓިޗަރުން ހަމަނުވާކަން އެނގުމުން ހުރިހާ ބެލެނިވެރިންވެގެން ސކޫލްގައި ތަޅު އަޅުވާ އެއްވެސް މީހަކަށް ސްކޫލަށް ނުވަދެވޭގޮތް ހެދީކަމަށެވެ. އެގޮތަށް ހެދީ މުހިންމު މާއްދާތަކެއް ކިޔަވައިދޭން ބޭނުންވާ ޓީޗަރުންތަކެއް އަހަރު ފެށުން އިރުވެސް ހަމަކޮށްދެވިފައި ނުވާތީ ކަމަށް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީވަކު ސްކޫލަށް މަދުވަނީ ގްރޭޑް ހަޔަކުން ފެށިގެން މަތީގެ ހަ ޓިޗަރުންނެވެ.

ބެލެނިވެރިން ތަޅު އެޅުވުމުން ސްކޫލަށް ނުވަދެވިފައި ތިބި ޓީޗަރުންނާއި މުވައްޒަފުން ސްކޫލަށް ވެއްދީ ފުލުހުން ގޮސް ތަޅު ހަލާކުކޮށްލައިގެންނެވެ. އެ މައްސަލަ ސްކޫލުންނާއި ފީވަކު ރަށު ކައުންސިލުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައި އެވެ.

އެކަމާއި ގުޅިގެން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ފީވަކު ސްކޫލަކީ 200 އަށް ވުރެ ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުންދާ ސްކޫލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް