ސިޓީ އެއްވަރުވެ ޗެލްސީ ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފި

ރޭ އިނގެރޭސި ޕްރިމިއަރލީގުގައި މެންޗަސްޓަރ ސިޓީ ކުޅުނު މެޗުން އެ ޓީމު އެއްވަރުވެ، ޗެލްސީ ކުޅުނު މެޗުން މޮޅުވުމާއެކު ޗެލްސީން ދެ ޕޮއިންޓަގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ރަށުން...

11 Jan 2015 | 05:49

ރޭ އިނގެރޭސި ޕްރިމިއަރލީގުގައި މެންޗަސްޓަރ ސިޓީ ކުޅުނު މެޗުން އެ ޓީމު އެއްވަރުވެ، ޗެލްސީ ކުޅުނު މެޗުން މޮޅުވުމާއެކު ޗެލްސީން ދެ ޕޮއިންޓަގެ ލީޑަކާއެކު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރަށުން ބޭރުގައި އެވަރޓަންއާއި ދެކޮޅަށް މެންޗަސްޓަރ ސިޓީއިން ކުޅުނު މެޗުން އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މިއީ ސިޓީ ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އެއްވަރުވި ދެވަނަ މެޗެވެ.

މެޗުގައި ސިޓީގެ ގޯލް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރ ފެނާންޑީނިއޯއެވެ. ސިޓީގެ ގޯލާއެކު މާގިނައިރެއްނުވެ ނޭސްމިތްގެ ގޯލާއެކު އެވަރޓަންއިން ނަތީޖާ ހަމަހަމަކުރިއެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި އެއްމަސް ހޭދަކުރުމަށްފަހު ސިޓީގެ ސްޓްރައިކަރ އަގުއޭރޯވަނީ މެޗުގައި ފެނިގެން ގޮސްފައެވެ.

ޗެލްސީން އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަންގައި ޗެލްސީން އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުންވަނީ މޮޅުވެފައެވެ.

މެޗު ފެށިގެން ފުރަތަމަ ހާފްގައި ނިއުކާސަލްއިން ގަދަޔަށް ކުޅުނު ނަމަވެސް، ޗެލްސީން ހާފް ނިންމާލާފަވަނީ އޮސްކާގެ ގޯލާއެކުއެވެ. އަދި ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުގެ 59 ވަނަ މިނެޓުގައި ޑިއޭގޯ ކޮސްޓާގެ ގޯލާއެކު ޗެލްސީންވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ 49 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި ސިޓީއޮތީ 47 ޕޮއިންޓާއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް