ފުލުހުންގެ އިލްތިމާސް: ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދެއްވާ

މިއަދަކީ ދިރާސީ އައު އަހަރެއް ފެށޭ ދުވަސް ކަމަށްވުމާއެކު ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމަކާއި ޚާއްޞަ އަހައްމިއްޔަތެއް ދެއްވައިގެން ހުރިހާ ފަރާތްތަކަކުންވެސް މަގުމަތި ބޭނުންކުރެ...

11 Jan 2015 | 04:03

މިއަދަކީ ދިރާސީ އައު އަހަރެއް ފެށޭ ދުވަސް ކަމަށްވުމާއެކު ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމަކާއި ޚާއްޞަ އަހައްމިއްޔަތެއް ދެއްވައިގެން ހުރިހާ ފަރާތްތަކަކުންވެސް މަގުމަތި ބޭނުންކުރެއްވުމަށް އިލްތިމާސް ކުރާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަކީ ސްކޫލު ތަކުގެ ދަރިވަރުންނަށާއި މަގުމަތީގައި ހިނގާބިނގާވާ އެހެނިހެން މީހުންނާއި ދުއްވާ އެއްޗެތި ދުއްވާ ފަރާތްތަކަށްވެސް މުހިއްމު ކަމެއް ކަމަށާއި އެހެންކަމުން ސްކޫލު މަދްރަސާތައް ފެށޭ ވަގުތުގައާއި ދަރިވަރުން ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރިވަމުން ގެންދާނެ ކަމަށެވެ.

އަދި ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި ސްކޫލު ފެށޭ ވަގުތާއި ނިމޭވަގުތުތަކުގައި މަގުމަތި ކާރޫބާރު ބޮޑުވެ، ދަރިވަރުންނަށާއި ސްކޫލުދޮށަށް ވަޑައިގަންނަވާ ފަރާތްތަކަށް ރައްކާތެރިކަން އިތުރު ކުރުމުގެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެފަދަ ވަގުތުތަކުގައި ހެވީ ވެހިކަލްތައް ސްކޫލުތައް ހިމެނޭ ސަރަޙައްދުން ކަނޑައެޅިފައިވާ މަގުތަކެއްގައި ދުއްވުން ވަނީ މަނާކޮށްފައިވާކަމަށާއި މިގޮތުން ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި ސްކޫލުތަކުގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 06:00 ން 08:15 އަށް، މެންދުރު 12:00 ން 14:00 އަށް އަދި ހަވީރު 17:15 ން 19:00 އަށް ލޮރީ، ޕިކަޕް، ތެޔޮ ބައުޒަރު، ކުނިއުފުލާ ވެހިކަލް، ކެރޭން، ފޯކްލިފްޓް ފަދަ ތަކެތި ދުއްވުން މަނާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެފަދަ އުޅަނދުތައް ދުއްވުން މަނާ ސަރަޙައްދުތައްކަމަށް ފުލުހުން ބުނެފައިވާ ސަރަހައްދުތައް ތިރީގައި އެވަނީއެވެ.

އިސްކަންދަރުސްކޫލް، މަދްރަސަތުލް ޢަރަބިއްޔާ، އަމީނިއްޔާ ސްކޫލް

މެދުޒިޔާރަތްމަގާއި ޗާންދަނީމަގާއި ގުޅޭ ހިސާބުން ޗާންދަނީމަގުން އުތުރުން ދެކުނަށް.

ފަރީދީމަގުން ފަރީދީ ގޯޅިއަށް އަދި ސައްޔިދުކިލެގެފާނުމަގުން ދިދި ގޯޅިއަށް.

ސައްޔިދުކިލެގެފާނުމަގާއި ކެނެރީމަގާއި ގުޅޭ ހިސާބުން ކެނެރީމަގުން ހުޅަނގުން އިރަށް.

ރައްދެބައިމަގުން ސީރާޒީގޯޅިއަށް

ޖަމާލުއްދީން ސްކޫލް

ބޮޑުރަސްގެފާނުމަގު، ސަބްދެރިޔާމަގާއި ގުޅޭ ހިސާބުން ބޮޑުރަސްގެފާނުމަގުން ހުޅަނގަށް.

ނިކަގަސްމަގުން މަދޮށި ގޯޅިއަށް.

ދަނބުރުއްމަގު، ކުރިކީލަމަގާއި ގުޅޭ ހިސާބުން ދަބުރުއްމަގުން އުތުރުން ދެކުނަށް.

ތާޖުއްދީން ސްކޫލް

ބޮޑުތަކުރުފާނުމަގުން ތާޖުއްދީންހިނގުމަށް

ޝަހީދު އަލީ ހިނގުމާއި ހިސާބުން ބުލޫކިޔާމަގުން އިރުން ހުޅަނގަށް.

ހިރިޔާ ސްކޫލް

ކަނބާއައިސާރަނިހިނގުމުން، ސަބްދެލިމަގާއި ގުޅޭ ހިސާބުން ކަނބާއައިސާރަނިހިނގުމުން ދެކުނަށް.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް

އަމީނީމަގު، ވައިދެރިޔާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގަށް.

އަމީނީމަގު، ބަޑިފަސްގަނޑުހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރަށް.

މާފަތްތަކުރުފާނުމަގު، ކުރެދިގޯޅިއާއި ގުޅޭ ހިސާބުން މާފަތްތަކުރުފާނުމަގުން އުތުރަށް.

ގަލޮޅު މަދަރުސާ

ރުއްކެނޑިޔާމަގު، ލޮނުޒިޔާރަތްމަގާއި ގުޅޭ ހިސާބުން ރުއްކެނޑިޔާމަގުން އުތުރުން ދެކުނަށް.

ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް

އަމީނީމަގުން ރައްދެބައިހިނގުމަށް.

ރައްދެބައިހިނގުމުން އަމީނީމަގަށް އިރުން ހުޅަނގަށް.

އަމީނީމަގު، ނިކަގަސްހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް.

އަމީނީމަގު، ސިއްތިމާވާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

ކަލާފާނު ސްކޫލް

ބުރުޒުމަގުން ކަލާފާނުހިނގުމަށް.

ބުރުޒުމަގު، އިރުދޭމާހިނގުމާއި ގުޅޭ ހިސާބުން ބުުރުޒުމަގުން އިރުން ހުޅަނގަށް.

އަމީނީމަގު، ކަށިމާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް.

އަމީނީމަގު، މޫނިމާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

ޢިމާދުއްދީން ސްކޫލް

އަމީނީމަގުން ރެހެންދިހިނގުމަށް.

ރެހެންދިހިނގުމުން ތަބުރޭޒީ ހިނގުމަށް ހުޅަނގުން އިރަށް.

އަމީނީމަގުން މިއުޒިކީހިނގުމުން އުތުރުން ދެކުނަށް.

އަމީނީމަގު، ރެހެނދިހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް.

އަމީނީމަގު، މިއުޒިކީހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

ބުރުޒުމަގު، ރައްދެބައިހުނގުމާއި ގުޅޭ ހިސާބުން ބުރުޒުމަގުން އިރުން ހުޅަނގަށް.

އަމީނީމަގުން އައިމިނާރަނިހިނގުމަށް.

ދަރުމަވަންތަ ސްކޫލް

އަމީރްއަހްމަދުމަގު، ނާދީ ގޯޅިއާއި ގުޅޭ ހިސާބުން އަމީރުއަހްމަދުމަގުން ހުޅަނގުން އިރަށް.

މަޖީދިއްޔާ ސްކޫލް

ސޯސަންމަގުން މެދުޒިޔާރަތްމަގަށް.

އަބަދަށް ފެހިމަގު، ގުލޭނޫރަންމަގާއި ގުޅޭ ހިސާބުން އަބަދަށް ފެހިމަގުން ދެކުނުން އުތުރަށް.

މާފަންނު މަދަރުސާ

މަޖީދީމަގު، ކަނބާއައިސާރަނިހިނގުމާއި ގުޅޭ ހިސާބުން މަޖީދީމަގުން އިރުން ހުޅަނގަށް.

ބޮޑުތަކުރުފާނުމަގުން މަޖީދީމަގަށް ހުޅަނގުން އިރަށް.

އަމީރު އަޙްމަދު ސްކޫލް / އަމީރު އަޙްމަދު ޕްރީ ސްކޫލް

ބުރުޒުމަގު، އިރުދޭމާހިނގުމާއި ގުޅޭ ހިސާބުން ބުރުޒުމަގުން އިރުން ހުޅަނގަށް.

ލޮނިޒިޔާރަތްމަގު، ކަލާފަނުހިނގުމާއި ގުޅޭ ހިސާބުން ލޮނިޒިޔާރަތްމަގުން ހުޅަނގުން އިރަށް.

ދޮންދޫނި ލިޓްލްލާރނަސް ޕްރީސްކޫލް

ފާށަނާކިލެގެފާނުމަގު، ރަތްވިލާގޯޅިއާއި ގުޅޭ ހިސާބުން ފާށަނާކިލެގެފާނުމަގުން ހުޅަނގުން އިރަށް.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް