ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

މިއަހަރުގެ ދިރާސީ އާ އަހަރުގެ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ސްކޫލުތަކުގައި ފަށައިފި އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ސުކޫލުތަކުގައި މިއަދު ހެނދުނު 7:30 ގައި ފަށާފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީން ބ...

11 Jan 2015 | 03:40

މިއަހަރުގެ ދިރާސީ އާ އަހަރުގެ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ސްކޫލުތަކުގައި ފަށައިފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ސުކޫލުތަކުގައި މިއަދު ހެނދުނު 7:30 ގައި ފަށާފައިވާއިރު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއަދު ރާއްޖޭގައި ހުރިހާ ސުކޫލެއްގައިވެސް ކިޔަވައިދޭނެ ކަމަށެވެ. އަދި ކިޔަވައިދޭން މިއަދު ފަށާނީ ސުކޫލުތަކަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ޓީޗަރުންވެސް ހަމަކޮށްގެން ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

މުޅި ރާއްޖޭގައި 80،000 ށް ވުރެ ގިނަ ކުދިން މިއަހަރު ތައުލީމު ހާސިލް ކުރަމުންދާއިރު މުޅިން އަލަށް ޑިޕްލޮމާއާއި ޑިގްރީ ފެންވަރުގެ 90ށް ވުރެ ގިނަ ޓީޗަރުން ތައުލީމީ ދާއިރާއާއި ގުޅިފައިވެ އެވެ.

ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު މިއަދެ ދެއްވި ހިތާބުގައި ވިދާޅުވެފައިވަނީ ދަރިވަރުން ތަރުބިއްޔަތު ކުރެއްވުމުގައި އެންމެންގެ ޒިންމާ ހަނދާންކޮށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިހުލާސްތެރިކަމާއެކު ޒިންމާ އަދާ ކުރެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

އަދި އަޅުގަނޑުމެންގެ ވިންދު ހުއްޓާލަނީ މި ދިވެހި ގައުމަށް ކަމަށާއި ގައުމުގެ އުފެއްދުންތެރިކަން ގުޅިފައިވަނީ ދަރިވަރުންގެ ހުނަރުވެރިކަމާ ކަމަށާއި އަދި ހުނަރުވެރިކަން ގުޅިފައިވަނީ ފޯރުކޮށްދޭ ތައުލީމަކާ ކަމަށެވެ. އަދި ދަރިވަރުންގެ ސަހުސިއްޔަތު ބިނާ ކުރުމަށާ އިސްނެގުމާ އަމިއްލަ ނަފްސަށް އިތުބާރު ކުރުމަށާ ކުރާ ކަންތައްތަކަށް ޒިންމާވުމަށާ އެކުވެރިކަން ކުރިއެރުވުމަށާ އަދި އަނެކުންނަށް އިހުތިރާމް ކުރުމުގެ ރިވެތި އާދަ ދަރިވަރުންގެ ކިބައިގާ އަށަގެންނެވުމަށް ސްކޫލްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދޭ ކަމަށްވެސް މިނިސްޓަރުގެ ހިތާބުގައި ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ އާ މަންހަޖާއި އެކު ރާއްޖޭގެ ތައުލީމީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ގުރޭޑް ގުރޭޑް 1 އި 3 އަށް 33 މުގައްރަރަށް 11 މާއްދާ ދަރިވަރުންނަށް މިއަހަރު ކިޔަވައިދޭނެ ކަމަށާއި އެމާއްދާ ތަކުގެ ފޮތްތައް ޗާޕުކޮށްގެން އަދި އޮންލައިންކޮށްވެސް ސްކޫލުތަކަށް ފޮނުވައިދެމުން ގެންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް