ކަރު ބުރިކޮށްލުމަށްފަހު އެއްލާލާފައި އޮތް ދެމީހެއްގެ ހަށިގަނޑު މިސްރުގެ ސިނާއީ ސަރަހައްދުން ފެނިފައިވާކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
އެ ދެމީހުންނަކީ އުމުރުން ގާތްގަނޑަކަށް 30 އަހަރު ވެފައިވާ އާންމު ދެމީހެއްގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ތުހުމަތު ކުރަނީ އެ އަމަލަކީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އަމަލެއް ކަމަށެވެ.
މިކަމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. އެހެން ނަމަވެސް މީގެ ކުރިން ހިނގާފައި ހުރި މިފަދަ ކަންކަމުގެ ޒިންމާ އުފުލާފައިވަނީ މިސްރުގައި ހަރަކާތްތެރިވަމުން އަންނަ އިސްލާމީ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ އަންސާރު ބައިތުލް މަގްދިޝް އިންނެވެ.
އެގައުމުގެ މުރާސިލުން ބުނާގޮތުން އެގައުމުގެ ކުރީގެ ރައީސް މުހައްމައު މުރްސީ ވެރިކަމުން ދުރުކުރި ހިސާބުން އެ ޖަމިއްޔާއިން އަންނަނީ މިފަދަ އަމަލުތައް މިސްރުގައި ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް