ލުބުނާނުގެ ޓްރިޕޮލީގައި ދެމީހަކު ޖާނުންފިދާވެ ދިން ހަމަލާއެއްގައި ހަތް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.
މި ހަމަލާގެ ޒިންމާ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ ނުސްރާފްރަންޓުން އުފުލާފައިވާއިރު އެގައުމުގެ ގައުމީ ނޫސް އޭޖެންސީން ބުނެފައިވަނީ ޖާނުންފިދާވުމުގެ ހަމަލާދިނީ ތާހާ ސާމިރު ކައްޔާލް ކިޔާ މީހަކާއި ބިލާލް މުހައްމަދު އިބްރާހިމް ކިޔާ މީހެއް ކަމަށެވެ. އަދި މި ދެމީހުންނަކީވެސް ލުބުނާނުގެ ދެ ރައްޔިތުން ކަމަށެވެ.
ލުބުނާނުގެ ރެޑްކްރެސެންޓުން ބުނެފައިވަނީ އެ ހަމަލާގައި ޒަހަމްވި މީހުންގެ އަދަދު 36 އަށް އަރާ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދެވަނަ މީހާ ޖާނުންފިދާވުމުގެ ހަމަލާދިނީ ފުރަތަމަ މީހާ ހަމަލާ ދިނުމުން އެ ސަރަހައްދަށް މީހުން އެއްވި ވަގުތު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް