ތުލުސްދޫ ގުދަނެއްގައި ރޯވެ ގުދަނުގައި ހުރި އެއްޗެހި އަނދާ ހުލިވެއްޖެ

ކ.ތުލުސްދޫގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލައިފިއެވެ. އެމްއެންޑިއެފުން ބުނީ ރޭ ގާތްގަނޑަކަށް 23:1...

11 Jan 2015 | 00:54

ކ.ތުލުސްދޫގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

އެމްއެންޑިއެފުން ބުނީ ރޭ ގާތްގަނޑަކަށް 23:17 ހާއިރު އެފްއާރުއެސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކާއެކު ފަޔަރ އެންޑް ރެސްކިއު ލޯންޗު ވަނީ ތުލުސްދޫއަށް ދާން ފުރި ކަމަށެވެ.

މިހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައި ވަނީ ގާތްގަޑަކަށް 0130 ހާއިރު ކަމަށާއި މިހާދިސާގައި އަލިފާން ރޯވި ގުދަން ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަދި މި ގުދަނުގައި ބަހައްޓާފައި ވަނީ އެކިކަހަލަ ބައު މުދާ ކަމަށާއި އޭގެ ތެރޭގައި ބައު ދޮންނަ މެޝިނާއި އެހެނިހެން ޕްލާސްޓިކް ސާމާނުގެ އިތުރުން ލަކުޑި ފަދަ ތަކެތި ހިމެނޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ރޭ މިހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ. އަދި މިހާދިސާގައި ރޯވި އަލިފާން ނިއްވުމުގައި ރަށުގެ ރައްޔިތުންނާއި ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ވަނީ ހަރަކާތްތެރިވެފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް