އުރީދޫ މޯލްޑިވްސް އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ކާމިޔާބުކަމާއެކު ގާއި...

10 Dec 2024 | 16:31

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މަގުފަހިކޮށްދޭ އެންމެ ބޮޑު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ކާމިޔާބުކަމާއެކު ގާއިމްކޮށްފި އެވެ.

އުރީދޫއިން މިއަދު ބުނެފައިވާގޮތުގައި މި އެއްބަސްވުމުގެ ދަށުން ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ޙައްޖާޖީންނަށް މެދުނުކެނޑި މުޢާމަލާތްކުރުމާއި، ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އުރީދޫ މޯލްޑިވްސް ޓަޔަރ ތިނެއްގެ ޑޭޓާ ސެންޓަރުގެ ބޭނުން ހިފައި، ކޮންޓެކްޓް ސެންޓަރ ސޮލިއުޝަނުން، ޕީކް ސީޒަންތަކުގައި ކޯލް ވޮލިއުމް މަތިވުމާއި، އައިޓީ ވަސީލަތްތައް މަދުވުމާއި، ދުވަސްވީ ޕީބީއެކްސް ސިސްޓަމްތައް ފަދަ ހައްޖު ކޯޕަރޭޝަނަށް ދިމާވެފައިވާ އޮޕަރޭޝަނަލް މުހިންމު ގޮންޖެހުންތަކަށް ހައްލު ހޯދައިދެއެވެ. އެޑްވާންސް ކޮންޓެކްޓް ސެންޓަރުގެ ފީޗާތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިންގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ކަސްޓަމަރުންގެ އިންކުއަރީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ހިދުމަތުގެ ފެންވަރު ރަނގަޅު ގޮތުގައި ހިފެހެއްޓުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

ކްލައުޑް-ހޯސްޓްޑް އާކިޓެކްޗާއަކީ އެންޓަޕްރައިޒް ގްރޭޑް ސެކިއުރިޓީ، މެކްސިމަމް އަޕްޓައިމް އަދި ސެންޓްރަލައިޒްޑް މެނޭޖްމަންޓް ކަށަވަރުކޮށްދޭ އާކިޓެކްޗާއެކެވެ. ސްކޭލެބިލިޓީ ނުވަތަ ކުރިއަށް އޮތްތަނުގައި މި އޮޕަރޭޝަން އިތުރަށް ފުޅާކުރެވޭނެ ގޮތްތަކަށޤ ވިސްނައިގެން ފަރުމާކޮށްފައިވާ މި ސިސްޓަމަކީ ސީއާރްއެމް ޕްލެޓްފޯމްތަކާ އެކު މުސްތަގުބަލުގައި އިންޓަގްރޭޓްކޮށް، ކަސްޓަމަރުންގެ ތަޖުރިބާ އާއި އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށް ވެސް ތައްޔާރުވެފައިވާ ސިސްޓަމެކެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަމާދީ ވިދާޅުވީ ޙައްޖުކޯޕަރޭޝަނުން ޙައްޖަށް ދާ ފަރާތްތަކަށް ފުރިހަމަގޮތުގައި ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އުރީދޫއިން ފޯރުކޮށްދިނީ އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ދެނެގަނެ، ރިލަބިލިޓީ އާއި ސްކެލެބިލިޓީ ކަށަވަރުކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ޤާބިލުކަން އިތުރަށް ހަރުދަނާކޮށް، މުސްތަޤްބަލުގައި ތައްޔާރުކުރެވިފައިވާ ކޮންޓެކްޓް ސެންޓަރ ސޮލިއުޝަނެއް ކަމަށެވެ. އަދި މި ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫއިން ދައްކުވައިދެނީ ޓްރާންސްފޯމޭޝަން ގެނައުމަށް މަގުފަހިކޮށްދޭ އީޖާދީ ސޮލިއުޝަންތަކާއެކު ރާއްޖޭގެ މުއައްސަސާތައް ބާރުވެރިކުރުވުމަށް އުރީދޫއިން ކުރާ މަސައްކަތް ކަމުގައިވެސް ސީއީއޯ ވިދާޅުވެފައިވެއެވެ.

"މިއީ ހައްޖަށް ދާ މީހުންގެ ހުރިހާ ސުވާލަކަށް ހަރުދަނާ ގޮތެއްގައި ޖަވާބު ދިނުމަށް އިތުބާރު ހުރި ވަން ކޯލް ޑައިލްގެ ހިދުމަތް ފޯރުކޮށްދީ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމަށް އެހީތެރިވެދޭނެ ހާއްސަ ހައްލެއް. ހަމައެކަނި ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ އިތުރުން އިޖުތިމާއީ ކަންކަމަށް ޖަމިއްޔާތައް ގުޅާލުމަށް ވެސް އުރީދޫއިން ދޭ ހިދުމަތުގެ އެންމެ ފުރިހަމަ ޔަގީންކަން ދޭ." ޗީފް ބިޒްނަސް އޮފިސަރ ރާޖޭޝް މެހެތާ އިތުރުކުރެއްވިއެވެ.

މިކަމާއި ގުޅޭގޮތުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެފަރާތުން ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންތަކަށް ދިމާވެފައިވާ ތަފާތު ގޮންޖެހުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގައި ވެދެއްވާ އެހީތެރިކަމަށް އުރީދޫއަށް ޝުކުރު ދަންނަވާކަމަށާއި މި ކޮންޓެކްޓް ސެންޓަރ ސޮލިއުޝަން ގެނައުމަކީ ޙައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މި ޙައްލަކީ ސުވާލުތަކަށް ވަގުތުން ޖަވާބު ދިނުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، މުޖުތަމަޢަށް ފުރިހަމަކަމާއިއެކު ޚިދުމަތްކުރުމުގައި ހިއްސާވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ހައްލެކެވެ. އުރީދޫއާ ގުޅިގެން އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ހިދުމަތުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ އަދި ރޫހާނީ ފޭރާން ހަރުދަނާކުރުން،" އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ފޯރުކޮށްދޭ މިފަދަ ޚިދުމަތްތަކަކީ ވިޔަފާރިތަކަށް ކުރިއެރުމަށާއި އެފިޝަންސީއަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގު ފަހިކޮށްދިނުމުގައި އިތުބާރުކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން އުރީދޫގެ ދައުރު ފާހަގަކޮށް، މުސްތަގުބަލަށް ތައްޔާރުވެ ތިބުމަށް އުރީދޫއިން ކުރާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް