ވާހަކަ ދައްކަނީ މުޅިން އޮޅުވާލައިގެން ބިރުވެރިކަން އުފެއްދުމަށް: ފައްޔާޒް

ރައީސް ޑރ މުހައްމަދު މުއިއްޒަށް، ރާއްޖޭގެ ފުރަތަމަ ރައީސް އަމީން ދީދީއަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތައް އެކި ފަރާތްތަކުން ދައްކަނީ އޮޅު...

10 Dec 2024 | 15:11

ރައީސް ޑރ މުހައްމަދު މުއިއްޒަށް، ރާއްޖޭގެ ފުރަތަމަ ރައީސް އަމީން ދީދީއަށް ހެދިގޮތް ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެއްކެވި ވާހަކަތައް އެކި ފަރާތްތަކުން ދައްކަނީ އޮޅުވާލައިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް ދެއްކެވި ވާހަކަތަކަކީ ޓެރަރިޒަމްއަށް ހިތްވަރު ލިބޭ ގޮތަށް ދެއްކި ވާހަކަތަކެއް ކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އެގޮތުން މިއަދު ކުރިއަށް ދިއަ ރައްޔިތޔުންގެ މަޖިލީހުގައި ވެރިކަން ކުރާ ޕީއެންސީގެ ބައެއް މެމްބަރުން ވަނީ ފައްޔާޒް ހައްޔަރުކުރަން ވެސް ގޮވާލާފަ އެވެ.

ނަމަވެސް ރާއްޖެ ޓީވީން މިއަދު ގެނެސްދިން ލައިވް ކަވަރޭޖް ޕްރޮގްރާމެއްގައި ފައްޔާޒް ވިދާޅުވީ އެނާ ދެއްކެވި ވާހަކަތައް އެކި ފަރާތްތަކުން ދައްކަނީ  އޮޅުވާލައިގެން ކަމަށެވެ.

"އަދި މިއަދު އަޅުގަނޑު ޕޯޑިއަމްއެއްގައި ދެއްކި ވާހަކަ ހަމަ އެއްކޮށް އޮޅުވާލައިގެން ބިރުވެރިކަން އުފެއްދުމުގެ ބޭނުމުގައި އަދި އަލަށް ކަންނޭނގެ ރައްޔިތުންގެ މަޖިލިސްްއެއްގަ ރާއްޖޭގަ މީހަކާ ބޭހޭ ގޮތުން މައްސަލައެއް ހުށަހެޅިގެން އެ ދިޔައީ. އެ ފަހުުރު އަޅުގަނޑު ބަލައިގަންނަން" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތައް އޮޅުވާލައިގެން ދެއްކުމުގެ ބޭނުމަކީ މިރޭ އޮންނަ އެމްޑީޕީގެ ޖަލްސާއަށް ދާނެ މީހުން މަދުކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން އުޅެނީ ގާނޫނާ ހިލާފު ކަމެއް ކުރަން ނޫން ކަމަށާއި އަދި މިރޭ ބައްވާ ޖަލްސާ ކުރިއަށް ދާނީ އޮމާންކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް