އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ދޭން ނިންމައިފި

މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް...

10 Dec 2023 | 10:14

މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 10،11،12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް ޚުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޚަތީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ހުރުމުންނާއި، ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މިފުރުސަތު ފަހިކޮށްދޭން ނިންމީ ކަމަށްވެސް ޑރ.ޝަހީމް ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވާއިރު، ދަރިވަރުން އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ދީފައެއް ނުވައެވެ.

މީގެ އިތުރުން އިމާމުވެ ހުކުރު ނަމާދާއި ޚުތުބާ ކިއުމުގެ ހުއްދަ މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ދެނީ ވަކި ސަނަދަކާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް