ރޭގައި ކުޑަކުއްޖަކަށް ހަމަލާދިންކަން އަދި އެނގިފައިނުވޭ: ފުލުހުން

ރޭގައި ހުޅުމާލޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދިންކަން އަދި އެނގިފައިނެތްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރޭ ހުޅު...

10 Dec 2023 | 06:17

ރޭގައި ހުޅުމާލޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދިންކަން އަދި އެނގިފައިނެތްކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްތް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މައުލޫމާތު ދައުރުވަމުންދިޔަނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވާކަމަށެވެ.

"އެހެންކަމުން އެފަދަކަމެއް ހިނގާފައިވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކުރެވިފައިވޭ، އޭގެ އިތުރުން، ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ފަރުވާ ހޯދުމަށް ދައްކާފައިވޭތޯ ބެލުމާއި އެ ސަރަހައްދުން ލިބެން ހުރި ސީސީޓީވީ ފުޓޭޖް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

މިފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް