ހދ. ނޮޅިވަރަމްގައި މަރާލާފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ޕޯސްޓް މޯޓަމް ހެދުމަށް ތަހުގީގު ޓީމުން ނިންމާފައިވާކަމަށާއި އަދި ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިރޭ ބުނީ ހދ. ނޮޅިވަރަމް، ހިތަށް ފިނިވާގޭ، އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު މިހާރު ވަނީ އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްފައިކަމަށާއި އަދި ހަށިގަނޑު މާލޭ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލައާއި ގުޅިގެން އދ. ފެންފުށި، ރޯޒީ ވިލާ، އުމުރުން 32 އަހަރުގެ އަބޫބަކުރު ފައިސަލް ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރު ކޮށްފަ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު މެންދުރުފަހު ބުނެފައިވަނީ ހދ. ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ރިޕޯޓް ލިބުނީ މެންދުރު 12:30 ހާއިރު ކަމަށެވެ.
ނިޝާމާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ތެރޭގައެވެ. ގަސްތުގައި ނިޝާމާ މަރާލީ އޭނާގެ ފިރިމީހާކަމަށް ތުހުމަތު ކުރެވޭއިރު މަރުވެފައި އޮއްވާ ނިޝާމާ ފެނުނު އިރު އޭނާގެ ފިރިމީހާ ވަނީ އެ ރަށް ދޫކޮށް އެ އަތޮޅު ކުޅުދުއްފުއްޓަށް ދަތުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް