ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގެ ފިލްމު އިންޑަސްޓްރީގައި އެންމެ ވިދާލި ޖޯޑަކީ ޝާހްރުކް ހާނާއި ކާޖޮލް ދޭވްގަން އެވެ.
57 އަހަރުގެ ޝަހްރުކް އަދިވެސް ގިނައިން ފެންނަނީ އޭރު ކުޅުން ފަދަ ފިލްމުތައް ގިނައިން ކުޅޭތަނެވެ. ފަހުގެ ގިނަ ފިލްމުތަކަކީ ޒުވާން ތަރިންނާއި އެކު ރޮމޭންސް ކުރާ ފިލްމުތަކެވެ.
އެއާ ތަފާތުކޮށް ކާޖަލް މިހާރު ފެންނަނީ އެފަދަ ރޯލުތަކަކުން ނޫނެވެ. 48 އަހަރުގެ ކާޖަލް މި ފަހަކަށް އައި ތަފާތު ރޯލުތަށް ކަމަށްވާ މަންމައިންނާއި މެދު އުމުރު ފުރާގެ މީހުންގެ އަނބިންގެ ރޯލުން ފެނިގެން ގޮސްފައިވެ އެވެ.
މި ކަމާއި ގުޅިގެން ނޫސްތަކުން ދަނީ ޝާހްރުކް އެފަދަ ރޯލުތައް ކުޅުމާއި މެދު އަދި ކާޖޮލް ފިލްމު ކުޅޭ އުސޫލަށް ގެނައި ބަދަލާއި ގުޅޭގޮތުން ސުވާލު ކުރަމުންނެވެ.
އެ ސުވާލަށް ޖަވާބު ދެމުން ކާޖޮލް ބުނީ ފިލްމުތަކުގެ ވިޔަފާރި ހިޓް ކުރުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ތަރިން ކަމަށެވެ. އެ ފިލްމެއް އާންމުންގެ މެދުގައި މަގުބޫލުވެ، ފިލްމަށް ލިބޭ އާމްދަނީ ގުޅިފައި އޮންނަނީ އެ ފިލްމެއްގެ ލީޑްރޯލު ކުޅޭ މީހަކު ޕްރޮމޯޓްކޮށް، އެކްޓު ކުރުމުގައި ކުރާ މަސައްކަތާއި ކަމަށެވެ.
އެހެން ބުނުމަށް ފަހު ކާޖޮލް ބުނީ އެއީ އަމިއްލަ ވިސްނުން ކަމަށާއި އެއީ އެއްވެސް ދިރާސާއެއްގެ މައްޗައް ބިނާކޮށް ދައްކާފައިވާ ވަހަކައެއް ނޫން ކަމަށެވެ. ބެލެވޭގޮތުގައި ކާޖޮލް އެ މާނަ ކުރީ ޝާހްރުކް ޅަ ކުދިންނާއި އެކު ފިލްމު ކުޅެނީ ފިލްމު ހިޓު ކުރުމުގެ ބޭނުމުގައި އެވެ.
ކާޖޮލް އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ ރެވަތީ ޑައިރެކްޓްކޮށް މިއަހަރު ރިލީޒް ކޮށްފައިވާ "ސަލާމް ވެންކީ" އެވެ. މި ފިލްމުގައި ކާޖޮލް ފެނިގެންދަނީ ޑުޗެން މަސްކިއުލާ ޑިސްޓްރޮފީ ޖެހިފައިވާ އުމުރުން 24 އަހަރުގެ ފިރިހެނެއްގެ މަންމަ ސުޖާތާގެ ރޯލުންނެވެ.
މި ފިލްމަކީ ކޮލަވެންނޫ ވެންކަޓޭޝް އާއި އޭނާގެ މަންމަގެ ހަގީގީ ވާހަކައިން އިންސްޕަޔާވެގެން ޝްރިކާންތު މުރްތީ ލިޔެފައިވާ ފޮތެއް ކަމަށްވާ "ދަ ލާސްޓް ހުރާ" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ދެން ކާޖޮލް އެންމެ އަވަހަށް ފެނިގެންދާނީ އެމެރިކާގެ ކޯޓްރޫމް ޑްރާމާގެ އިންޑިއަން އެޑަޕްޓޭޝަނެއް ކަމަށްވާ ވެބް ސީރީޒް "ދަ ގުޑް ވައިފް" އިންނެވެ.
ޝާހުގެ އެންމެ ފަހުގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އެކްޝަން ތުރިލާ "ޕަތާން" އާއި "ޖަވާން" ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް