ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތް ކުރުމަށް ޒަމާނީ ތަޢުލީމާއި ތަމްރީނު ހޯދަންޖެހޭ: ޑރ. ހަސަން

ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތް ކުރުމަށް ޒަމާނީ ތަޢުލީމާއި ތަމްރީނު ހޯދަންޖެހޭ ކަމަށް މިނިސްްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ. ޑރ. ހަސަން މިހެން ވިދާޅުވީ މިއަދު ފާހަގ...

10 Dec 2022 | 14:22

ރާއްޖޭގެ މަސްކަނޑުތައް ހިމާޔަތް ކުރުމަށް ޒަމާނީ ތަޢުލީމާއި ތަމްރީނު ހޯދަންޖެހޭ ކަމަށް މިނިސްްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ހަސަން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޑރ. ހަސަން ކުރެއްވި ޓްވީޓުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެ ބޭފުޅުންނަށް އަރިސްކޮށް ވިދާޅުވީ މުރަނގަ ގަސްދޮށު މާލިމީއަކަށްވުމުގެ ބަދަލުގައި މަސްވެރިކަމުގެ ޒަމާނީ ތަޢުލީމާއި ތަމްރީނު ހޯދައިގެން މެނުވީ ދެމެހެއްޓެނިވި މަސްވެރިކަމެއް މިއަދަކު ނުކުރެވޭނެކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ޒަމާނީ ތަޢުލީމާއި ތަމްރީނު ލިބިގެން މެނުވީ ރާއްޖޭގެ މަސްކަނޑުތަކެއް ހިމާޔަތެއްވެސް ނުކުރެވޭނެކަމަށް ޑރ. ހަސަން ވިދާޅުވިއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގެ ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހެވެ.

އެގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް ކުރިއަށްދަނީ ގދ. ފަރެސްމާތޮޑާގައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފަރެސްމާތޮޑާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް