ތާރީޚް: 10 ޑިސެމްބަރ 2022
ގަޑި: 20:00
ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް
ފީފާ ރޭންކިންގ: މޮރޮކޯ (22)، ޕޯޗުގަލް (9)
ހެޑް-ޓު-ހެޑް ނަތީޖާތައް:
ފީފާ ވޯލްޑް ކަޕްގައި މީގެ ކުރިން މި ދެ ގައުމުގެ 2 ކުރިމަތިލުމެއް ފެނިފައިވެއެވެ. 1986 ގެ ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗުން 3-1 ގެ ނަތީޖާއިން މޮރޮކޯ މޮޅުވިއިރު، އެންމެ ފަހުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި މި ދެ ގައުމު ވާދަކުރި މެޗު ނިމުނީ 1-0 ގެ ނަތީޖާއިން ޕޯޗުގަލް މޮޅުވެގެންނެވެ.
ފީފާ ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލްގައި ޕޯޗުގަލް އާއި މޮރޮކޯ މިރޭ ރާއްޖެ ގަޑިން 20:00 ގައި ވާދަކުރާއިރު، ގިނަ ބަޔަކު ބުރަވަނީ ޕޯޗުގަލް އަކީ މި މެޗުގެ ފޭވަރިޓުން ކަމަށެވެ. އެހެނަސް، މިހާ ހިސާބަށް އައުމަށް މޮރޮކޯއިން ދެއްކި ހިތްވަރާއި މަސައްކަތަށްޓަކައި، އެ ގައުމާމެދު ދެރަކޮށް ދެކުމަކީ ޕޯޗުގަލްއަށް ހެދޭނެ ގޯހެކެވެ.
ޕޯޗުގަލް ކުއާޓާ ފައިނަލާ ހަމައަށް އައީ، ރައުންޑް އޮފް 16 ގައި ސްވިޒަލެންޑް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. ރޮނާލްޑޯ ނުލާ، ޒުވާން ފޯވާޑް ލައިނަކާއެކު ދެއްކި ހަލުވި ކުޅުމާއެކު، ޕޯޗުގަލްއިން އެރޭގައި ދެއްކީ މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ ޓީމެއް ދައްކާފަދަ މޮޅު ކުޅުމެކެވެ. ޕޯޗުގަލް އިން މިރޭގެ މެޗު ވެސް ފެށުން ގާތީ ރޮނާލްޑޯ ފުރަތަމަ 11 ގައި ނުހިމަނައެވެ.
މޮރޮކޯގެ ތަފާތަކީ އެ ޓީމުގެ ޑިފެންސްގެ ވަރުގަދަ ކަމެވެ. ރައުންޑް އޮފް 16 ގައި އެ ޓީމުން ޕެނަލްޓީ ޝޫޓްއައުޓުން ސްޕެއިން ބަލިކުރީ، ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަނަނުދީ އެވެ. އަނެއްކޮޅުން މޮރޮކޯ އަކީ މި މުބާރާތުގެ މިހާތަނަށް ބައިކޮޅަށް އެންމެ މަދު ލަނޑު ވަން އެއް ޓީމެވެ. އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ އެ ކަމެވެ. މީގެ އިތުރުން، ކައުންޓަރ އެޓޭކްގައި، އަޝްރަފް ހަކީމީ އާއި ހަކީމް ޒިޔެކް ފަދަ ކުޅުންތެރިންގެ ބޭނުން ކޮށްގެން މޮރޮކޯއިން ޕޯޗުގަލްއަށް ނުރައްކާ ބޮޑު ކުރާނެއެވެ.
މޮޅުވާ ބަޔަކު ވާދަކުރަން ޖެހޭނީ ކޮން ބަޔަކާ؟
މި މެޗުން މޮޅުވާ ގައުމެއް ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ މިރޭ ރާއްޖެ 00:00 ގައި އިންގްލެންޑާއި ފްރާންސް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.
ދުވަސްގެ ލަފާކުރުން:
މި މެޗަށް ދުވަސްގެ ލަފާކުރުމަކީ، 1-0 ގެ ނަތީޖާއިން ޕޯޗުގަލް މޮޅުވުމެވެ.
މޮރޮކޯ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ބޯނޫ، ހަކީމީ، ސައިސް، އެގާޑް، މަޒްރާއޯ، އޮނާހީ، އަމްރަބަތު، އަމަލާ، ޒިޔެކް، އަން-ނަސޭރީ، ބޯފަލް
ޕޯޗުގަލް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:
ކޮސްޓާ، ޑެލޮޓް، ޕެޕޭ، ޑައިސް، ގުރެއިރޯ، ސިލްވާ، ކަވާޅޯ، އޮޓަވިއޯ، ފެނާންޑޭޒް، ރާމޯސް، ފީލިކްސް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް