ށ. ބޮޑުޅައިމަންދޫ ކައިރިއަށް މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު11:13 ގައި ކަމަށެވެ. އަޑިއަށް ދިޔައީ "ހައިޝަމް" ކިޔާ70 ފޫޓުގެ ދޯންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި ދަތުރު ކުރީ. ނ.ވެލިދޫން ފުރައިގެން ށ.ގޮއިދޫއަށް ކަމަށެވެ. އަޑިއަށް ދިޔައިރު އޭގައި ހަތަރު ދިވެހިން ތިއްބެވެ.
އެ ދޯނި އަޑިއަށް ދާން ފެށުމުން މިހާރު ވަނީ ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައެވެ. މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ގިނަ އަދަދެއްގެ މުދާހުރި މި ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް ލޯންޗުން ވަނީ ނަގާފައި އެވެ.
މި ދޯންޏަށް އެހީތެރިވުމުގެ މަސައްކަތުގައި ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް