ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިޤްތިޞާދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިހެން ވިދާޅުވެފައި ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރި އާއިލާތަކަށް އަރިސްކުރައްވާ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ޔާސިރު ވިދާޅުވީ ރާއްޖޭގެ އުތުރުގެ މަސްވެރިކަން ކުރިއަރައިގެން ގޮސްފައި ނުވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ސަރުކާރުން ނުދެއްކުމުން ކަމަށެވެ.
މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިގްތިސާދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެ ކަމަށް ޔާސިރްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަށާއި، ބޭނުންވާ ތެލާއި އައިސް ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވަނީ ވަޢުދުވެފައެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގެ ފާހަގަކުރަމުންދަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހެވެ.
އެގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ރަސްމީކޮށް ކުރިއަށްދަނީ ގދ. ފަރެސްމާތޮޑާގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ފަރެސްމާތޮޑާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް