ނޮޅިވަރަމްގައި ޒުވާން އަންހެނަކު މަރުވެފައި އޮއްފަ ފެނިއްޖެ، ޝައްކު ފިރިމީހާއަށް

ހދ. ނޮޅިވަރަމްގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ މެންދުރު 12:30 ގައި ކަމަށެވެ. މަރުވެފައި އޮއްވަ ފެނުނީ 28 އަހަރުގެ ދިވެހި...

10 Dec 2022 | 10:18

ހދ. ނޮޅިވަރަމްގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ މެންދުރު 12:30 ގައި ކަމަށެވެ. މަރުވެފައި އޮއްވަ ފެނުނީ 28 އަހަރުގެ ދިވެހި އަންހެނެކެވެ.

އޮފިޝަލް ވިދާޅުވީ އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ އާންމުންނާއި ފުލުހުން ކަމަށެވެ. ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް މަރުކަޒާއި ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަމް ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މީހަކު މަރާލާފައިވާ ކަމަށް ބުނެ އެވެ. ފުލުހުން ބުނީ މައްސަލައިގަ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"ދުވަސް" އަށް މައުލޫމާތު ދެމުން ނޮޅިވަރަމް މީހަކު ބުނީ އެ އަންހެން މީހާ މަރުވެފައި އޮއްވަ ފެނުނީ ހެނދުނު ނުހޭލައިގެން ގޮސް ބެލި އިރު ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ނޭވާ ހާސްކޮށްލުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމީހާ ބުންޏެވެ.

"ދުވަސް" އަށް މައުލޫމާތުދިން މީހާ ބުނީ އަންހެން މީހާގެ މަރުގެ ތުހުމަތު ކުރެވެނީ އޭނާގެ ފިރިމީހާއަށް ކަމަށެވެ. ރަށުން ބޭރު އެމީހާ ވަނީ މިއަދު ހެނދުނު ކުއްލިއަކަށް ލޯންޗެއް ކުއްޔަށް ހިފައިގެން އެ އަތޮޅު ކުޅުދުއްފުއްޓަށް ގޮސްފައި އެވެ.

އޭގެ ފަހުން އެމީހާގެ ހަބަރެއް ނުވާއިރު އަނބިމީހާއަށް އަނިޔާ ކުރުމުގެ ތުހުމަތު އެ ފިރިހެން މީހާގެ މައްޗަށް މީގެ ކުރިން އެ ރަށު މީހުން ކޮށްފައިވާ ކަމަށް ބުންޏެވެ. އެ ފިރިހެން މީހާ އަކީ ނޮޅިވަރަމްގައި ވަޒީފާ އަދާ ކުރާ މީހެކެވެ.

މަރާލާފައި އޮތް ކަމަށް ތުހުމަތު ކުރެވޭ އެ އަންހެން މީހާގެ ކުޑަ ތިން ކުދިން ތިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް