ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރު ކުރަން: ރައީސް

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރު ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ގ...

10 Dec 2022 | 09:21

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރު ކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ގައުމީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި އެވެ. މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު10 ވަނަ ދުވަހު އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެ ދާއިރާއަށް ކުރިއެރުން ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން މަސައްކަތް ކުރުން ހިމެނޭ ކަމަށެވެ.

އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް އަރިސްކުރައްވާފައި އެވެ.

މިއަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ގދ. ފަރެސްމާތޮޑާގައި އެވެ. އެރަށުގައި ބާއްވާ ހަރަކާތްތަކައި ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގެންނަވާނެ އެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އެވެ. ރައީސް އެރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް