މާލޭ ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފި

އެމްޓީސީސީގެ އާރްޓީއެލްއިން މާލޭގައި ދޭ ބަހުގެ ދުމަތަށް ބަދަލުތައް ގެނެސްފި އެވެ. އެމްޓީސީސީން ބުނީ ބަދަލު ގެނައުމަށް ނިންމާފައިވަނީ އޯކިޑް ރޫޓުގައި ދެމުންދާ ބަހުގެ ޚިދުމަތަށްކަމަށް އެމްޓީސީސީން ބުނެއ...

10 Dec 2022 | 03:49

އެމްޓީސީސީގެ އާރްޓީއެލްއިން މާލޭގައި ދޭ ބަހުގެ ދުމަތަށް ބަދަލުތައް ގެނެސްފި އެވެ.

އެމްޓީސީސީން ބުނީ ބަދަލު ގެނައުމަށް ނިންމާފައިވަނީ އޯކިޑް ރޫޓުގައި ދެމުންދާ ބަހުގެ ޚިދުމަތަށްކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ދެ ރޫޓުގައި ބައެއް ބަސް ހުއްޓިތައް އުނިކޮށް، ގިނަ މީހުން އެދޭ ބައެއް ސަރަޙައްދުތަކަށް މިހާރުވަނީ ބަސް ހުއްޓިތައްވަނީ އިތުރުކޮށްފައެވެ.

ދެ ބަސް ހުއްޓިއެއް އުނިކޮށްފައިވާއިރު އެއީ ބޮޑުތަކުރުފާނު މަގު، ވެސްޓް ޕާކް ބަސްހުއްޓިއާއި، މަޖީދީ މަގު، ސޯޝަލް ސެންޓަރު ކައިރީ ހުންނަ ބަސް ހުއްޓިއެވެ.

އިތުރު ކޮށްފައިވާ 4 ބަސް ހުއްޓީގެ ތެރޭގައި ހިމެނެނީ، ބޮޑުތަކުރުފާނު މަގުގެ، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީ ބަސް ހުއްޓިއަކާއި، ކަނބާއައިސަރަނި ހިނގުމުގައި، ސޯޝަލް ސެންޓަރު ކައިރީ ބަސްހުއްޓިއާއި، ކަނބާއައިސަރަނި ހިނގުމުގައި އައިޖީއެމްއެޗް ކައިރީ އަލަށް ޤާއިމުކުރި ބަސްހުއްޓިއާއި، އަމީނީ މަގުން، މާފަންނު ފެރީ ޓަރމިނަލް ކައިރީ އިތުރުކުރި ބަސްހުއްޓިއެވެ.

މާލޭގައި ބަސް ދަތުރަކަށް ނަގަނީ ހަތް ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް