ތައިލެންޑް ރަސްގެފާނުގެ އެޑިޓް ކޮށްފައިވާ ފޮޓޯއަކަށް ލައިކް ދިން މީހަކު ހައްޔަރުކޮށްފި

ތައިލެންޑް ރަސްގެފާނު ބުމިބޯލް އަދުލިއަޖޭވްގެ އެޑިޓް ކޮށްފައިވާ ފޮޓޯއަކަށް ފޭސްބުކުން ލައިކް ދިން މީހަކު ހައްޔަރުކޮށްފި އެވެ. ތައިލެންޑް ފުލުހުން ބުނެފައިވަނީ އެ ގައުމުގެ އާންމުންގެ މީހަކު ހައްޔަރުކޮށ...

10 Dec 2015 | 15:19

ތައިލެންޑް ރަސްގެފާނު ބުމިބޯލް އަދުލިއަޖޭވްގެ އެޑިޓް ކޮށްފައިވާ ފޮޓޯއަކަށް ފޭސްބުކުން ލައިކް ދިން މީހަކު ހައްޔަރުކޮށްފި އެވެ.

ތައިލެންޑް ފުލުހުން ބުނެފައިވަނީ އެ ގައުމުގެ އާންމުންގެ މީހަކު ހައްޔަރުކޮށްފައިވަނީ އެޑިޓްކޮށްފައިވާ ރަސްގެފާނުގެ ފޮޓޯއަކާއެކު އެގައުމުގައި ކޮރަޕްޝަން އުފުލިގެންދާކަމަށްބުނެ އިންފޯގްރާފެއް ފޭސްބުކްގައި ޝެއާ ކުރުމުން ކަމަށެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އޮޓޯ ޕާޓްސް އުފައްދާ ފެކްޓްރީއެއްގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 27 އަހަރުގެ ތަނަކޯން ސިރިޕައިބޫން ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފިތުނަ ފަސާދަ އުފައްދާ ކަމުގެ ތުހުމަތުގަ އެވެ.

އޭއެފްޕީއަށް ދީފައިވާ އިންޓަވިއުއެއްގައި ތައިލެންޑް ފުލުހުން ބުނެފައިވަނީ އޭނާ އެ ފޮޓޯއަށް ލައިކް ދިނީ ޑިސެމްބަރު ދެވަނަ ދުވަހު ކަމަށާއި 608 ރައްޓެހިންނަށް ފެންނަގޮތަށް ކޮރަޕްޝަން އިންފޯގްރެފިކް ޝެއާ ކޮށްފައިވަނީވެސް ހަމަ އެދުވަހު ކަމަށެވެ. އަދި އެކަން ކަމަށް އޭނާ އިއުތިރާފު ވެފައި ވާކަމަށާއި އޭނާއަށް 32 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ތައިލެންޑް ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް