އަދީބުއާއި ޒިޔަތުގެ މައްޗަށް ދައުވާ ކުރާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ކޯޓުން ބަލައިގެންފި

ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މ...

10 Dec 2015 | 06:04

ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމުގައިވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ފުރަތަމަ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓަށް އެ މައްސަލަ ބަލައިގެންފި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލަ ކޯޓަށް ބަލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ކޯޓަށް މައްސަލަ ބަލައިގެންފައި ވީނަމަވެސް މައްސަލަ ބަލަން އަދި ބެންޗެއް ކަނޑައަޅާފައި ނުވާކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޯޓުގެ މީޑިއާ އޮފިޝަލް ބުނެފައި ވެ އެވެ.

ކޯޓަށް ބަލައިގެންފައިވާ މައްސަލައިގާ ޒިޔަތުގެ މައްޗަށް ދައުވާ އުފުލާފައިވަނީ މާލެ އަތޮޅުން ފަޅެއް ދިނުމަށްފަހު އެ ފަޅުން ލިބުނު ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލަ އެވެ. އަދީބުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާއެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީއަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް