މެލޭޝިއާގެ ވެރިކަންކުރާ ޕާޓީގެ އަހަރީ އާންމު ޖަލްސާއަށް ޕީޕީއެމްގެ ނައިބު ރައީސް އާއި ތަރުޖަމާނު މެލޭޝިއާއަށް

މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީ، ދަ ޔުނައިޓަށް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (UMNO)ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހ...

10 Dec 2015 | 05:05

މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީ، ދަ ޔުނައިޓަށް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (UMNO)ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފް މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.

ޕީޕީއެމުން ބުނީ މިއަދު ފަށާ އަމްނޯގެ އަހަރީ އާންމު ޖަލްސާ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން މި ދެބޭފުޅުން އަމްނޯ ގެ އިސްވެރިންނާ ބައްދަލު ކުރާ ގޮތަށްވެސް ހަމަޖެހިފައި ވާކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޕާޓީގެ ޕީޕީއެމާއި އަމްނޯއާއި ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއިމެދުގައްޔާއި އެއް ޕާޓީން އަނެއް ޕާޓީއަށް ފޯރުކޮށްދެވެން ހުރި އެހީތަކާއިމެދުވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް