އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް 339 ލަފާ ދެވުނު: އޭސީސީ

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް 339 ލަފާ ދީފި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކޮމިޝަނ...

10 Dec 2015 | 04:21

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް 339 ލަފާ ދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކޮމިޝަންގެ ފަރާތުން ދައުލަތުގެ އެކި އިދާރާތަކަށް 339 ލަފާ ދެވިފައިވާކަމަށް އެ ކޮމިޝަނުން ހާމަކޮށްފި އެވެ.

އެ ކޮމިޝަނުން ބުނީ ކޮމިޝަނުން ދައުލަތުގެ އިދާރާތަކަށް ދެ ހާލަތެއްގައި ލަފާއާއި އިރުޝާދުދޭ ކަމަށާއި ފުރަތަމަ ގޮތަކީ ދަޢުލަތުގެ އިދާރާތަކުން ލަފަޔަށް ނުވަތަ ހުއްދައަށް އެދުމުން ކަމަށެވެ.އަދި ދެވަނަ ގޮތަކީ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ފާހަގަކުރެވޭކަންތައްތައް އިސްލާހުކުރުމަށް އެކަމާ ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް އެންގޭ އެންގުންތަކާއި ދެވޭ ލަފަޔާ އިރުޝާދު ކަމަށް އޭސީސީން ހާމަކުރެ އެވެ.

އެގޮތުން، ދައުލަތުގެ އިދާރާތަކުން ހުއްދައަށް ނުވަތަ ލަފަޔަށް އެދި ހުށަހަޅާފައިވާ ކަންކަމާ ގުޅިގެން 2015 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 129 އިދާރާއަކަށް 224 ހުއްދައާއި ލަފާ ދީފައިވާއިރު 2014 ވަނަ އަހަރު ތެރޭގައި ޖުމްލަ 145 އިދާރާއަކަށް 388 ހުއްދައާއި ލަފާ ދީފައިވާކަމަށް އޭސީސީން ހާމަކުރެ އެވެ.

ހަމައެއާއެކު، ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން ފާހަގަކުރެވޭކަންތައްތައް އިސްލާހުކުރުމަށް 2015 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 115 އެންގުމެއް 116 އިދާރާއަކަށް އެންގިފައިވާކަމަށާއި އަދި 2014 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 56 އިދާރާއަކަށް 56 އެންގުމެއް އަންގާފާއިވާކަމަށްވެސް އޭސީސީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް