ފޭސްބުކުން މުސްލިމުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ، މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާނެ: މާކް ޒަކަބާގް

އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކުން މުސްލިމުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފޭސްބުކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ފޭސްބުކްގެ ބ...

10 Dec 2015 | 04:06

އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކުން މުސްލިމުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި މުސްލިމުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފޭސްބުކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ފޭސްބުކްގެ ބާނީ މާކް ޒަކަބާގް ވިދާޅުވެއްޖެ އެވެ.

ޒަކަބާގް މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ.

މާކް މިހެން ބުނެފައިމިވަނީ މުސްލިމުން އެމެރިކާއަށް އެތެރެވިޔަ ދީގެން ނުވާނެ ކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރާ ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް ބުނެފައިވަނިކޮށެވެ.

ޒަކަބާގް ގެ ޕޯސްޓްގައި ބުނެފައިވަނީ ކޮންމެ ކޮމިއުނިޓީއަކަސް އެ ކޮމިޓީއަކަށް ދެވޭ ހަމަލާއަކާއި ދެކޮޅަށް ތެދުވުމަށް އޭނާގެ މައިންބަފައިން ނަސޭހަތްތެރިވެފައި ވާކަމަށާއި ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ މިނިވަންކަމަށް ހަމަލާ ދޭ ނަމަ އެންމެންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.

https://www.facebook.com/zuck/posts/10102517406079831

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް