ޗައިލްޑް  ޕްރޮޓެކްޝަން ޑާޓާބޭސް އަށް މޯބައިލް އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި

ޗައިލްޑް  ޕްރޮޓެކްޝަން ޑާޓާބޭސް އަށް މޯބައިލް އެބްލިކޭޝަނެއް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. ފުލުހުން ބުނީ މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް ތަރައްޤީކޮށް އެންމެ އެދެވޭ ގޮތުގައި ޑާޓ...

10 Dec 2015 | 03:08

ޗައިލްޑް  ޕްރޮޓެކްޝަން ޑާޓާބޭސް އަށް މޯބައިލް އެބްލިކޭޝަނެއް ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުން ބުނީ މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސް ތަރައްޤީކޮށް އެންމެ އެދެވޭ ގޮތުގައި ޑާޓާބޭސްގެ ބޭނުން ހިފޭނެ ގޮތަށް މަގު ފަހިކޮށްދިނުމުގެ ގޮތުން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށައި، ފުލުހުންގެ ޓެކްނޮލޮޖީ ޑިޕާޓްމަންޓުން 2016 ވަނަ އަހަރު މި ޑާޓާބޭސް ބޭނުން ކުރެވޭނެ މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތުދޭ ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރު ތެރޭގައިވެސް ޑާޓާ ބޭސް ހަރުދަނާ ކުރުމަށްޓަކައި މިހާރު ބޭނުންކުރަމުންދާ ވިންޑޯސް ބޭސްޑް ސިސްޓަމް، ވެބް- ބޭސްޑް ސިސްޓަމަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައި ވާކަމަށާއި މި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރެވެނީ ކޭސް ހުށަހެޅުމަށާއި ހުށަހަޅާ މައްސަލައެއް ގޮސްފައިވާ ހިސާބު ބަލާލުމަށް ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި ކުށްކުރާ ކުދިން ކުށުގެ މާހައުލުން ދުރުކުރުމަށް ރައްޔިތުންނާއި ގުޅިގެން ކުރެވޭ މަސައްކަތްތައް ދެނެގަތުމަށް މި މޮބައިލް އެޕްލިކޭޝަންގެ ސަބަބުން އެހީވެދޭނެ ކަމަށް ފެމެލީ އެންޑް ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތުދޭ ކަމަށާއި މިޑާޓާބޭސްއަށް ތަހްޤީޤުކުރާ ފުލުހުން އަހަލުވެރިކުރުމަށްޓަކައި މިއަހަރު ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ ސެޝަންތައް ހިންގާފައި ވާކަމަށެވެ.

"މިސެޝަންތަކުގެ ތެރެއިން 160 އިންވެސްޓިގޭޝަން އޮފިސަރުން މިހާތަނަށް ތަމްރީންކުރެވިފައިވޭ، އަދި ކަމާއި ބެހޭ މުއައްސަސާތަކުގެ ބޭފުޅުންނާއި ވަކިން ޚާއްސަކޮށް، ކޭސްވޯކަރުން އަހުލުވުވެރިކުރުމަށްވެސް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށް ފެމެލީ އެންޑު ޗައިލްޑު ޕްރޮޓެކްޝަން ޑިޕާޓުމަންޓުން މަޢުލޫމާތު ދޭ" ފުލުހުން ހާމަކުރެ އެވެ.

މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑާޓާބޭސްއަކީ، 2010 ވަނަ އަހަރު އިފްތިތާހްކޮށް ބޭނުންކުރަން ފެށުނު ޑާޓާބޭސްއެކެވެ. މިޑާޓާބޭސް އަކީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހާލަތު ދެނެގަތުމަށްޓަކައި، ކުށްކުރާ ކުޑަކުދިންނާއި ކުށުގެ ޝިކާރައަތްވާ ކުޑަކުދިންނާއި ބެހޭ ތަފާސް ހިސާބުއެއްކޮށް ޤައުމީ ފެންވަރުގައި ބަލަހައްޓައި މޮނިޓަރކުރުމަށް ޔުނިސެފްގެ އެހީގައި ކަމާއި ބެހޭ އެޖެންސީތަކުގެ މެދުގައި ޤާއިމުކުރެވިފައިވާ ޑާޓާބޭސްއެކެވެ.

ބޭރުގެ ފަންނީ ލަފާގެ މަތިން ތަރައްޤީކުރެވުނު މި ޑާޓާބޭސް ތަރައްޤީކޮށް، ބަލަހައްޓަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓެކްނޮލޮޖީ ޑިޕާރޓްމަންޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް