މަސްވެރިންގެ ދުވަހާއި ގުޅިގެން މިސްކިތްތަކުގައި ހާއްސަ ދުއާއެއް ކޮށްފި

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މި ދުވަހާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ހާއްސަ ދުއާއެއް ކޮށްފި އެވެ. މި ހާއްސަ ދުއާ ކޮށްފައިވަނީ މިއަދު ފަތިސް ނަމާދަށް ފަހުގަ އެވެ. އެ ދުއާގައި "ރާއްޖޭގައި ...

10 Dec 2015 | 02:18

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މި ދުވަހާއި ގުޅިގެން ރާއްޖޭގެ މިސްކިތްތަކުގައި ހާއްސަ ދުއާއެއް ކޮށްފި އެވެ.

މި ހާއްސަ ދުއާ ކޮށްފައިވަނީ މިއަދު ފަތިސް ނަމާދަށް ފަހުގަ އެވެ. އެ ދުއާގައި "ރާއްޖޭގައި މަސްވެރިކަން ތިޔާގި ކުރައްވާތޯ އާއި ރާއްޖޭގެ ކަނޑުފަޅުގައި ރޯދި ބަރަކާތް އިތުރު ކުރައްވާތޯ" ދުއާގައި ދަންނަވާފައި ވެ އެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މަސްވެރިންގެ ދުވަހުގެ މިއަހަރުގެ  ޝިއާރުގެ އަކީ  "  މަސްވެރިކަމާއި ދަނޑުވެރިކަން – އިޖުތިމާޢީ ރައްކާތެރިކަމާއި ފުދުންތެރިކަން " އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް