ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް - އެކަކު ނިޔާވެއްޖެ

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އެކަކު ދުނިޔެ ދޫކޮށްފިއެވެ. މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައި ދެ ސައިކަލެއްޖެހި ނުރައްކާތެރި އެކްސި...

10 Nov 2025 | 18:58
ޢެކަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނޭ -

ޢެކަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނޭ -

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އެކަކު ދުނިޔެ ދޫކޮށްފިއެވެ.

މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން ފުލުހުން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައި ދެ ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި ކަމަށާއި ތިން މީހަކު ޒަޚަމްވި ކަމަށެވެ.

އެކްސިޑެންޓުވި އެއް ސައިކަލު - 

"އެކަކު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދޭ" ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓުވި އެއް ސައިކަލު - 

ނިޔާވެފައިވަނީ ކ. ދިއްފުއްޓަށް އުފަން، އުމުރުން 19 އަހަރުގެ އިސްމާއިލް ރަޔާން ބިން ނާޒިމް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ނިކަގަސްމަގުން ވަންވޭ އާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް އެމަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް