މިސްކިތަށް ގެއްލުންދިން މައްސަލަ ސަމާލުކަމަށް އައިސްފި – ފިޔަވަޅު އެޅުމުގެ މަސައްކަވެސް ފަށައިފީމު: ވަޒީރު

މިއަދު އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި މައްސަލަ ބަލައި، ތަޙްޤީޤުކޮށް ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާ...

10 Nov 2025 | 18:17
އެ މިސްކިތަށް ގެއްލުންދީފައި - ފޮޓޯ: އައްޑޫލައިވް

އެ މިސްކިތަށް ގެއްލުންދީފައި - ފޮޓޯ: އައްޑޫލައިވް

މިއަދު އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން

މައްސަލަ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި

މައްސަލަ ބަލައި، ތަޙްޤީޤުކޮށް ޤާނޫނީގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ

އިދާރާތަކާ ގުޅިގެން މަސައްކަތް ފަށާފައިވާކަމުގައި އެ ވުޒާރާގެ ވަޒީރު ޑރ.

މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިރޭ މީޑިއާތަކަށް ފޮނުއްވި

މެސެޖެއްގައެވެ.

އައްޑޫގައި ހިންގަމުން އަންނަ ކޮމިއުނިޓީ ނޫހެއް

ކަމުއިވާ އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ގެއްލުން ދީފައިވަނީ ހިތަދޫ މަސްޖިދުލް

ޢުމަރުލް ފާރުޤަށެވެ. އެގޮތުން މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި،

ފަންކާ ހަލާކުކޮށް، ކަރަންޓު ބޯޑަށް ވެސް ގެއްލުންތަކެއް ދީފައިވާކަމަށް

ރިޕޯޓްކޮށްފައިވެއެވެ.

"މިކަން ކުރި ބަޔަކު މިހާތަނަށް އެނގިފައި ނުވާއިރު،

އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން" އެ ނޫހުގައި

ރިޕޯޓްކޮށްފައިވެއެވެ.

އެ ނޫހުގައި އިތުރަށް ރިޕޯޓްކޮށްފައިވާގޮތުގައި ހިތަދޫގެ

މިސްކިތަކުން ފަންކާތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވެފައިވެ

އެވެ. އެގޮތުން ފުލުހުން ކުރި މަސައްކަތުން ވަނީ އެ ފަންކާތައް ހޯދާފައިވާކަންވެސް

އެ ނޫހުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް