ލަންކާގެ "އަވިސްކާ ޕުތާ" ބޯޓުން ފެނުނު 24 ބަސްތާއިން 360 ކިލޯ މަސްތުވާތަކެތި އަތުލައިގަނެވުނު: ދިވެހި ފުލުހުން

ދިވެހި އަސްކަރިއްޔާގެ އެއާކޯރ ގެ ޑްރޯންގެ އެހީގައި ހުކުރު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ލަންކާ ބޯޓުން ގާތްގަނޑަކަށް 360 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް ދިވެހި ފުލުހުނ...

10 Nov 2025 | 17:57
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ދިވެހި އަސްކަރިއްޔާގެ އެއާކޯރ ގެ ޑްރޯންގެ

އެހީގައި ހުކުރު ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ލަންކާ ބޯޓުން

ގާތްގަނޑަކަށް 360 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށް ދިވެހި ފުލުހުން

ބުނެފިއެވެ.

ދިވެހި ފުލުހުން މިހެން ބުނެފައިވަނީ އެކަމާއި

ގުޅޭގޮތުން ދެންމެ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ދިވެހިރާއްޖޭގެ

ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ

"އަވިޝްކާ ޕުތާ" 2025 ނޮވެމްބަރ 07 ވަނަ ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް

ފޯސްގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް

ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ.

"އެމް.އެން.ޑީ.އެފްއިން މި އުޅަނދު ބަލައި ފާސްކުރި

އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި

އުޅަނދުގައި ތިބި ފަސް ފަޅުވެރިން އާދީއްތަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައިވޭ"

ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު  ކޯޓު އަމުރެއްގެ ދަށުން ދެންނެވުނު އުޅަނދު ބަލައި

ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނުނު

ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި

ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް

ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތި ކަމަށެވެ.

"ސްރީލަންކާއަށް ނިސްބަތްވާ ފަސް މީހުން ހައްޔަރުކުރެވިފައިވޭ،

އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ، ދިވެހި

ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި

ސްރީލަންކަން ޕޮލިސް ގުޅިގެން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް