އަމާޒު މިހުރީ ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމަކަށް: ވަޒީރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަމާޒު ހިފާފައިހުރި ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމަކަށް ކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެ...

10 Nov 2025 | 17:14
ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް -

ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް -

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަމާޒު

ހިފާފައިހުރި ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމަކަށް ކަމުގައި ފަތުރުވެރިކަމާއި

ތިމާވެއްޓާއިބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ރިޔާޛުގައި

މިހާރު ކުރިއަށްދާ އދ ގެ ފަތުރުވެރިކަމާބެހޭ އާންމު ޖަލްސާގެ ހަވާސާގައި އަރަބް

ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ވަޒީރު ވިދާޅުވީ ރާއްޖޭގައި

ލަގްޒަރީ ރިސޯޓުތައް ހިންގަމުން އެދަނީ ވަން ރިޒޯޓް ވަން އައިލެންޑް ކޮންސެޕްޓްގައި

ކަމަށާއި އެހެން ޤައުމުތަކާ ރާއްޖޭތެ ފަތުރުވެރިކަން ތަފާތުވާ އެންމެ ބޮޑު އެއް

ސަބަބަކީ އެއީ ކަމަށެވެ.

"ރިސޯޓެއް ތަރައްޤީކުރާއިރު އެ ރިސޯޓެއް

ތަރައްޤީކުރާ ފަރާތަކުން އެންވަޔަރަންމަންޓަލް އެސެސްމަންޓް ރިޕޯޓެއް އެބަ

ހަދަންޖެހޭ، ރިސޯޓުތަކުގަ އަމިއްލަ ނަރުދަމާ ނިޒާމު ގާއިމުވެފަ ހުންނަން ޖެހޭ، އަމިއްލައަށް

ކުނި މެނޭޖު ކުރެވޭނެ ނިޒާމު ގާއިމުވެފަ ހުންނަންޖެހޭ، ވޯޓަރ ސަޕްލައި އަދި ވޯޓަރ

ޕްރޮޑަކްޝަން ސިސްޓަމް ހުންނަންޖެހޭ، ހަކަތަވެސް އުފައްދަނީ އެ ރިސޯޓަކުން

އަމިއްލައަށް" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ

ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދަކީ 2028 ގެ ނިޔަލަށް

ރާއްޖޭގައި ބޭނުންކުރާ ހަކަތައަކީ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް

ހެދުމުގެ ވަޢުދެވެ. އަދި އެ ވަޢުދަށް ރިސޯޓުތަކުން އަމާޒު ހިފާފައިވާކަން

ފާހަގަކުރައްވައި ބަޒީރު ވިދާޅުވީ މިހާރުވެސް ބައެއް ރިސޯޓުތަކުން އުފައްދާ

ހަކަތައިގެ 50 ނުވަތަ 60 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް