ހޮނިހިރު ދުވަހު ކޮންޓްރޯލުން ނެއްޓުނު ކާރުގައި ތިބި ދެ ޒުވާނުންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކާރ...

10 Nov 2025 | 16:03
އެކްސިޑެންޓްވި ކާރު އަދި ކާރުގައި ތިބި ދެ ޒުވާނުން -

އެކްސިޑެންޓްވި ކާރު އަދި ކާރުގައި ތިބި ދެ ޒުވާނުން -

ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން

އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ ސައިކަލެއްގައި

ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކާރު ޖެހި އެކްސިޑެންޓުވެފައިވާ

މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް

ހާޒިރުކުރުމުން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި

ކާރު ދުއްވި ހ. ބްލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އާއި އެ ކާރުގެ ކުރީ ސީޓުގައި

އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކުރިއިރު

ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓުގެ މައްސަލަ

ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. މައްސަލައިގައި

ހިމެނޭ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުން

ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް