މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިރޭ ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި، ހަނދާނީ ލިޔުމެކެވެ.
މި އަހަރުގެ ޚާއްޞަ އިނާމު 40 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައިވާ ފަރާތްތަކެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 2 ބޭފުޅަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅަކު ހިމެނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފައިވާ 2 ބޭފުޅުންނަކީ؛
- ޑޮކްޓަރ ޢާއިޝަތު ޝިނާ، މއ. ޑޯންލައިޓް
- ޑޮކްޓަރ ޚަދީޖާ ރަޝީދު، ހުޅުމާލެ. ފްލެޓްނަންބަރު 03-ޖީ-89
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެ މަތީ ވަނަ ހޯދައިފައިވާ 38 ބޭފުޅުންނަކީ؛
- އަލްއުސްތާޒާ ޢާއިޝަތު އިބްރާހީމް، ކުރި، ތ. ގުރައިދޫ
- އަލްފާޟިލާ ފާޠިމަތު ސަނާ، ޑޭޒީމާގެ، ތ. ކިނބިދޫ
- އަލްފާޟިލާ ފާޠިމަތު ޣާޒިޔާ ފަތުޙީ، އާބާދީގެ، ސ. ފޭދޫ
- އަލްފާޟިލާ ނީޝާ ނަޞީރު، ސަންފާކެޔޮގެ، ސ. ހިތަދޫ
- އަލްފާޟިލާ މަރްޔަމް ޝިއުނާ، މިސްކިތްމަގު. ވިދުން، ޏ. ފުވައްމުލައް
- އަލްފާޟިލް ޢަލީ ފަރްޙާން، ސަންސައިޑް، ލ. ފޮނަދޫ
- އަލްފާޟިލް މޫސާ މާއިޝް ޢަބްދުﷲ، ރެކްސޯނާ، ގދ. ތިނަދޫ
- އަލްފާޟިލާ މާރިޔާ ޝައުކަތު، ހ. އެބޫދޫގެ
- އަލްފާޟިލާ ޢާއިޝަތު ސަތީރާ މުޙައްމަދު، ސުތުލިގެ، ސ. ހިތަދޫ
- އަލްފާޟިލް އިބްރާހީމް ސާދިން، ޗާނދަނީގެ، ށ. މިލަންދޫ
- އަލްފާޟިލް އަޙްމަދު ރައިޙާން، މއ. ހަލްކާ
- ސާޖަންޓު ޝާޔަދު ސަޢީދު، ޢަންދަލީބުގެ، ގއ. މާމެންދޫ
- އަލްފާޟިލާ ޢާއިޝަތު ޔަޝްފާ ޔޫސުފް، މ.ކެޕްރިކޯން
- ވޮރަންޓް އޮފިސަރ 2 މުޙައްމަދު އަފްރާޙު، ހިސާން، ހދ. ވައިކަރަދޫ
- އަލްފާޟިލް މުޙަންމަދު ރިޝްފާއު، ޕިންކްފްލާވަރ، ކ. ގުރައިދޫ
- އަލްފާޟިލާ ފާޠިމަތު ޒަހްރާ، ވީވަރު، ށ. މާއުނގޫދޫ
- ސާޖަންޓު އިސްމާޢީލް ޝަރީފް، ނިވާދޮށުގެ، ށ. މާއުނގޫދޫ
- އަލްފާޟިލް މުޙައްމަދު އަނަސް، މ. ހުވަނދުގަދަކޯޅިގެ
- އަލްފާޟިލާ ޢާއިޝަތު ޢަފާ، މ. ބޮނޑިމާގެ،
- އަލްފާޟިލާ ޢާއިޝަތު އަމާނީ ޢަބްދުއްރަޙްމާން، ދައުހަދާގެ، ޅ. ހިންނަވަރު
- އަލްފާޟިލް ޢަލީ ޖައިޝަން ޢާމިރު، ހ. މާދޫވެހި
- އަލްފާޟިލާ ލީނާ ޒިޔާދު، މެޒޯ، ހދ. މަކުނުދޫ
- އަލްފާޟިލާ އާޒިފާ ޢަފީފު، ހެވަންލީހޭވަން، ގދ. ފިޔޯރީ
- އަލްއުސްތާޒާ ޝަޒްނާ އަޙްމަދު، ފުނާޑު. ލަގްޒަރީވިލާ، ޏ. ފުވައްމުލައް
- އަލްއުސްތާޒާ ޢާއިޝަތު ނުހާ ޙަމީދު، ހ. އުނިގަސްދޮށުގެ
- އަލްފާޟިލް އަޙްމަދު ޔަޢީޝް މުޙައްމަދު، މ. ޖޭމު
- އަލްފާޟިލް އިބްރާހީމް ޒައިދާން، އޮވަރސީޒް، ދ. ބަނޑިދޫ
- އަލްފާޟިލާ ރަޝްފާ މުޙައްމަދު ޙަބީބް، ތަރިވިދާގެ، ގއ. ދާންދޫ
- އަލްފާޟިލް ޙަސަން ޒަޔާން ޢައްޒާމް، މ. ކަރިޝްމާ
- އަލްފާޟިލާ މަރްޔަމް ޝާހީނާ، ހަރުމަލުގެ، ގއ. ގެމަނަފުށި
- އަލްފާޟިލާ ޢާއިޝަތު އަހްލާ، އެތުމާގެ، ބ. އޭދަފުށި
- އަލްފާޟިލާ އާމިނަތު ރިސްމާ، ދަފްތަރު. ނަންބަރު ރސ 4101، މާލެ
- ޑޮކްޓަރ ފާޠިމަތު ޢަޠުފާ، މެހެފިލް، ސ. ހިތަދޫ
- އަލްފާޟިލާ މަރްޔަމް ނަޝްވާ، މީނާޒް، ތ. ހިރިލަންދޫ
- އަލްފާޟިލް އިބްރާހީމް މާހިލް މުޙައްމަދު، މ. މަސްތާނު
- ޑޮކްޓަރ އާމިނަތު ޝިފްރާ، ހުޅުމާލެ ހިޔާ 15-19-10
- އަލްފާޟިލާ ޛަހާ މުޙައްމަދު ޒިޔާދު، މ. މުރަނގަވިލާ
- އަލްފާޟިލް އަޙްމަދު ރުވައިދު ޒިޔާދު، މ. މުރަނގަވިލާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް