މި އަހަރުގެ ޖުމްހޫރީ ދުވަސް ބައްދަލުކުރާއިރު ރާއްޖެ އޮތީ މިހާތަނަށް އިގްތިޞާދީ ގޮތުން ދިމާވެފައިފާ އެންމެ ދަތި އުނދަގޫ ދުވަސްވަރުގައި ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާއާ ގުޅިގެން ނެރުއްވި ޚިޠާބުގައި ސިޔާމް ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަސް ބައްދަލުކުރާއިރު ރާއްޖެ އޮތީ މިހާތަނަށް އިގްތިޞާދީ ގޮތުން ދިމާވެފައިފާ އެންމެ ދަތި އުނދަގޫ ދުވަސްވަރުގައި ކަމަށެވެ.
އެ ދަތިކަމުން ގައުމު ސަލާމަތްކޮށް ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަށް ޓަކައި ސިޔާމް ވަނީ ދައުލަތުގެ މުދަލުން ވައްކަން ކުރުން ހުއްޓައިލުމަށް ގޮވައިލައްވައިފައެވެ. އަދި ކޮރަޕްޝަނުން ގައުމު ސަލާމަތްކުރުމަށް ނަތީޖާ ނެރެދޭ މަސައްކަތްތަކެއް ކުރުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ވެސް ގޮވައިލައްވައިފައެވެ.
ސިޔާމް ވިދާޅުވީ ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ އަމާނާތްތަކާ ހަވާލުވެ ތިބޭ ބައެއް ކަމަށާއި އެހެންކަމުން އެ އަމާނާތްތަކާ ހަވާލުވެ ވަފާތެރިވެ ޚިދުމަތްކުރުމަށް ވެރިންނަށް ހަނދާންކޮށްދެއްވާކަމަށެވެ.
އަދި ރާއްޖެއަކީ ހަމަހަމަ ފުރުސަތު ލިބޭ، މަސައްކަތްކުރުމަށް ފުރުސަތު ފަހި ގައުމަކަށް ހެދުމަށް މަސައްކަތް ކުރުމަށް ވެސް ސިޔާމް އިލްތިމާސްކުރެއްވިއެވެ.
ދިވެހީން އިސްލާމްދީނުގެ އަގީދާގެ މަތީ ސާބިތުކޮށްދެއްވުން އެދި ދުއާކުރައްވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ނިޒާމު އިތުރަށް ހަރުދަނާވެ ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ ނަސީބު މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވާކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް