ދިވެހިރާއްޖޭގެ ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށް ރައީސް، ޑރ. މުޙައްމަދު މުއިއްޒު މިރޭ އަރުއްވައިފިއެވެ.
ރައީސް މުއިއްޒު މި ޝަރަފު ޒާހިރަށް އަރުވާފައި ވަނީ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މިގޮތުން، ރައީސް މުއިއްޒު ވަނީ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ މެޑަލް ޒާހިރަށް އަރުއްވާފައެވެ.
ޒާހިރަކމީީ ގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އެޑިއުކޭޝަން މިނިސްޓަރު ކަމާއި ޔޫތު މިނިސްޓަރުކަން ވެސް ކުރެއްވިބޭފުޅެކެވެ. މީގެއިތުރުން ޒާހިރުވަނީ ރައީސް މައުމޫންގެ ޚާއްސަ މުސްތަޝާރުގެ މަގާމު ވެސް އަދާކުރައްވާފައިއެވެ.
ޒާހިރަކީ ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން 1979 ވަނަ އަހަރުން 2016 ވަނަ އަހަރުގެ ނިޔަލަށް ނެރުނު ދުވަހު ނޫސް ހަވީރުގެ މަސްއޫލު ވެރިޔަކަށް ހުންނެވިއެވެ. އޭނާ ތަފާތު މައުޟޫތަކަށް ނޫސްތަކާއި މަޖައްލާތަކަށް ވަނީ ޔުއްވައިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް