ސްޕެއިންގެ ރެެއާލް މެޑްރިޑްގެ ފޯވަޑް ކީލިއަން އެމްބާޕޭއަށް ފްރާންސްގެ ގައުމީ ސްކޮޑުން ފުރުސަތު ނުދިން މައްސަލަ ހޫނުވެ، ކޯޗު ޑިޝޯމްޕް ފެ އިސްތިއުފާއަށް ގޮވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ނަސްލީ ތަފާތުކުރުމާއި ކޮރަޕްޝަން އިންތިހާއަށް އޮންނަ ފްރާންސްގެ ގައުމީ ސްކޮޑުން އެމްބާޕޭ ބޭރުކުރި މައްސަލާ ހޫނުވެ، ކޯޗުގެ އިސްތިއުފާއަށް ގޮވަމުން އަންނަ ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، ޔޫއެފާ ނޭޝަންސް ލީގުގައި މި މަހު ފްރާންސް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް އެކުލަވާލި ސްކޮޑުން އެމްބާޕޭ ވަނީ ބާކީކޮށްފައެވެ.
މިދިޔަ އޮކްޓޯބަރ މަހު ކުޅުނު ދެ މެޗަށް ނެގި ސްކޮޑުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފައެވެ. އެހެން ނަމަވެސް އޭރު ފްރާންސްގެ ސްކޮޑުން އޭނާ ބާކީކުރީ އަނިޔާގައި ހުރުމަށް ފަހު، ރަގަޅުވެ އަލުން ކުޅުމުގެ ތެރެއަށް އައިނަމަވެސް މެޗް ފިޓްނަސް ނެތުމުން ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޮމްޕްސް ވަނީ ބުނެފަ އެވެ.
އެއާއި ޚިލާފަށް މިފަހަރު އެކުލަވާލި ސްކޮޑުން އެމްބާޕޭއަށް ފުރުސަތު ނުދިނީ އޭނާއަށް އަނިޔާގެ އެއްވެސް މައްސަލައެއް ހުރެގެން ނޫނެވެ. އެއީ ހަމަ އެކަނި ދެމެޗަށް ނިންމި ނިންމުމެއް ކަމަށް ކޯޗު ޑިޝޯމްޕް ވަނީ ބުނެފައެވެ. އޭނާ ބުނީ އެގޮތަށް ނިންމީ އެމްބާޕޭއާއި އެކު ބައްދަކޮށް މަޝްވަރާތަކެއް ވެސް ކުރެވުމަށް ފަހުގައިކަމަށެވެ.
މި މައްސަލަ މިހާރު ހޫނުވެފައިވާއިރު، ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނަމުން ދަނީ ފްރާންސްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށާއި ޚާއްސަކޮށް މިހާރުގެ ކޯޗު ޑިޝޯމަޕް މަގާމުން ބޭރުކުރުމަށް ގިނަ ކުޅުންޔތެރިން ބޭނުންވެފައިވާ ކަމަށެވެ.
އަބަދަުވެސް ކުޅުންތެރިންނާއި ޒާތީ ގޮތުން ޖައްސާލައިގެން ޓީމުގެ ތެރޭގައި ހާޖާނު އުފައްދަމުން އަންނަ ޑިޝޯމްޕް ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމުން ދުރުކުރަން އެގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ބޭނުން ނުވި ނަމަވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ބޭނުންވަނީ ޓީމުގެ ކޯޗަކަށް ޒައިނުއްދީން ޒިދާން ގެނައުމަށެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ ހިލޭ ޓްރާންސްފަރ އެއްގެ ދަށުން މިދިޔަ ހޫނު މޫސުމުގައި ސްޕެއިން ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން އޭނާގެ އަސްލު ކުޅުން ދެއްކޭގޮތް ވަނީ ނުވެފަ އެވެ. ރެއާލް މެޑްރިޑަށް މި ސީޒަނުގައި އެމްބާޕޭ ކުޅެދިން 15 މެޗުގައި އޭނާއަށް ޖެހިފައިވަނީ 8 ގޯލެވެ.
މިދިޔަ ސީޒަނުގައި ސްޕެނިޝް ލަލީގާގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލް މެޑްރިޑް އިން ވަނީ މި ސީޒަނުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ އިން 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތްއިރު ދެ ޓީމުގެ ދެމެދުގައި 9 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
2018 ވަނަ އަހަރު ފްރާންސް އިން ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައިވެސް ހިމެނޭ އެމްބާޕޭ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 86 މެޗުގައި މިހާތަނަށް 48 ގޯލު ޖަހާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް