އިޒްޔާން ފެނިއްޖެ – ހާލު ވެސް ރަނގަޅު !

ފުވައްމުލައް ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ އިޒްޔާން ހުޝާމް މުހައްމަދު ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުންދިޔައީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި އިޒްޔާން ހުޝާމް މުޙައްމަދު (4އ) އެވެ. ފުލުހުންގެ ...

10 Nov 2024 | 14:46

ފުވައްމުލައް ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ އިޒްޔާން ހުޝާމް މުހައްމަދު ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދިޔައީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި އިޒްޔާން ހުޝާމް މުޙައްމަދު (4އ) އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ކުރިން ވިދާޅުވެފައިވަނީ އިޒްޔާން ހުޝާމް މުޙައްމަދު އެންމެ ފަހުން ފެނިފައިވަނީ މިއަދު 16:45  އެހައިކަންހާއިރު ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02.ޖީ.18 ފުލެޓް ފަހަތުން ކަމަށާއި އޭރު ލައިގެންހުރީ ނަންބަރު 10 ޖަހާފައިވާ ކަޅުކުލައި ޖާޒީ އެއް ކަމަށް ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

އިޒްޔާން ފެނިފައިވާކަން ދުވަހަށް އިޒްޔާންގެ ބައްޕަ، ހުޝާމް މުހައްމަދު ކަށަވަރުކޮށްދެއެވެ. އިޒްޔާންގެ އާއިލާ އެހެން މެމްބަރަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިޒްޔާންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް