ފުވައްމުލައް ސިޓީއިން ގެއްލިގެން ހޯދަމުން ކުއްޖާ އެންމެ ފަހުން ފެނުނީ ހަވީރު 04:45 ހާއިރު ކަމަށާއި އޭރު ލައިގެން ހުރީ ނަމްބަރު 10 ޖެހި، ކަޅު ކުލައިގެ ޖާޒީއެއް ކަމުގައި ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި އިޒްޔާން ހުޝާމް މުޙައްމަދު (4އ) އެވެ.
އިޒްޔާން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވެފައިވަނީ އިޒްޔާން ހުޝާމް މުޙައްމަދު އެންމެ ފަހުން ފެނިފައިވަނީ މިއަދު 16:45 އެހައިކަންހާއިރު، ފުވައްމުލައް ދިގުވާޑު ފުލެޓް ނަންބަރު 02.ޖީ.18 ފުލެޓް ފަހަތުން ކަމަށާއި އޭރު ލައިގެންހުރީ ނަންބަރު 10 ޖަހާފައިވާ ކަޅުކުލައި ޖާޒީ އެއް ކަމަށް ކުއްޖާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.
އިޒްޔާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލައް ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ. އިޒްޔާންގެ ޚަބަރެއްވެއްޖެނަމަ 9100872 އަދި 9884426 އަށް ގުޅުމަށް ކުއްޖާގެ ބައްޕަ އެދެއެވެ.
ދުވަހަށް މައުލޫމާތުދެމުން އިޒްޔާންގެ ބައްޕަ ހުޝާމް މުހައްމަދު ބުނެފައިވަނީ އާންމުކޮށް ކުދިން އެ ފްލެޓްތައް ކައިރީގައި ކުޅެން އުޅޭއިރު އިޒްޔާންވެސް ވަރަށް ގިނައިން އެ ކުދިންނާއެކު އެ ފްލެޓްތައް ކައިރީގައި ކުޅެން އުޅޭ ކަމަށާއި ގެއްލުނީ އެ ސަރަހައްދުން ކަމަށެވެ. އަދި އެމީހުން ދިރިއުޅެނީ ފުވައްމުލަކު ދިގުވާނޑު ފްލެޓްތަކުން ފްލެޓެއްގައި ކަމުގައި އިޒްޔާންގެ ބައްޕަ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް